ސިޓީގެ ފުރަތަމަ ލަނޑު ޖެހީ އަލްވާރޭޒް: ފޮޓޯ-ޕްރިމިއަރ ލީގު

ލިވަޕޫލާއި، ސިޓީ ވެސް މޮޅު

ހޮނިހިރު 21 އޮކްޓޯބަރ 2023 | އައުޓްރީޗް

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި ލިވަޕޫލްވެސް މޮޅުވެއްޖެއެވެ.

Advertisement


ލިވަޕޫލް މޮޅުވީ އަމިއްލަ ދަނޑުގައި އެވަޓަން އަތުންނެވެ. 2-0 ން މޮޅުވި މެޗުގައި ދެ ލަނޑުވެސް ޖެހީ މިސްރު ފޯވާޑް ސަލާހުއެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ ވީއޭއާރުން ބެލުމަށްފަހު ދިން ޕެނަލްޓީއަކުންނެވެ. އެއީ މައިކަލް ކީން އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ. ދެވަނަ ލަނޑުޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މިމެޗުގެ ބޮޑުބައި އެވަޓަން ކުޅެންޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ 37 ވަނަ މިނިޓްގައި ޔަންގު އަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑް ދެއްކުމުންނެވެ.

މިމެޗުން މޮޅުވި 20 ޕޮއިންޓާއެކު ލިވަޕޫޕް ތާވަލްގެ އެއްވަނަ އަށް ޖެހިލިއެވެ. އެކަމަކު އޭގެފަހުން ކުޅުނު މެޗުގައި ބްރައިޓަން ބަލިކޮށް ޗެމްޕިއަން ސިޓީން ވަނީ ލިވަޕޫލަށް ފަހަތަށް ޖައްސާލާ އެއްވަނައަށް ޖެހިލާފައެވެ. ބްރައިޓަން އަތުން ސިޓީ މޮޅުވީ 2-1 ނެވެ. ބްރައިޓަންެގެ ލަނދު ދެވަނަ ހާފްގައި ޖެހީ އަންސޫ ފާޓީއެވެ. މެޗުގައި ސިޓީގެ ދެ ލަނޑު ފުރަތަމަ ހާފްގައި ޖެހީ އަލްވަރޭޒްއާއި ހާލަންޑެވެ. މިމެޗުގެ ކުރިން ސިޓީ ލީގުގައި ކުޅުނު ދެ މެޗުންވެސް އޮތީ ބަލިވެފައެވެ. ސިޓީ އެއްވަނާގައި އޮތީ 21 ޕޮއިންޓާއެކުއެވެ. އެކަމަކު ޗެލްސީ އަތުން އާސެނަލް މޮޅުވެއްޖެ ނަމަ ސިޓީއަށް އެއްވަނަ ގެއްލި އެމަގާމަށް އާސެނަލް ޖެހިލާނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.