ރެއާލްއާއި ސެވިއްޔާ ވާދަކުރި މެޗުގެ ތެރެއިން؛ ފޮޓޯ-ލަލީގާ

ސެވިއްޔާ އަތުން ރެއާލް އަށް ލިބުނީ ޕޮއިންޓެއް!

އާދީއްތަ 22 އޮކްޓޯބަރ 2023 | އައުޓްރީޗް

ސްޕެނިޝް ލަލީލާގައި ސެވިއްޔާ އަތުން ޕޮއިންޓެއް ހޯދައިގެން ރެއާލް މެޑްރިޑް ފަރުޖައްސާލައިފިއެވެ.

Advertisement


ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުޅެމުން އަންނަ ސެވިއްޔާއާ ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީވެސް ސެވިއްޔާއިންނެވެ. އެކަމަކު އެޓީމަށް ކުރިލިބުނީ ރެއާލްގެ ޑިފެންޑަރ އަލަބާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ބެލިންގހަމްއާއި، ވިނީޝިއުސް ޖޫނިއަރ އަދި ރޮޑްރީގޯ އެންމެ ކުރިއަށް ކުޅުނު ނަމަވެސް ރެއާލް ބަލިނުވެ ސަލާމަތްވީ ކަވާޚަލް ޖެހި ލަނޑުންނެވެ. 78 ވަނަ މިނިޓްގައި އޭނާ ނަތީޖާ ހަމަހަމަކުރީ ކްރޫޒް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.

މެޗުން ރެއާލް މޮޅުވިޔަ ނުދީ ހިފެހެއްޓުމުގައި ރެއާލްގެ ކުރީގެ ދިފާއީ ތަނބު ސާޖިއޯ ރާމޯސް މުހިއްމު ދައުރެއް އަދާކުރިއެވެ. މިމެޗުން ޕޮއިންޓެއް ލިބުނަސް ރެއާލް އޮތީ ލަލީގާ ތާވަލްގެ އެއްވަނާގައެވެ. އެއީ 25 ޕޮއިންޓާއެކުއެވެ. ދެވަނާގައި ބާސެލޯނާ އޮތީ މެޗެއް މަދުން ކުޅެ، 22 ޕޮއިންޓާއެކުއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.