ފޮޓޯ: އެމް.ޕީ.އެލް

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓް ދަށްވި ނަމަވެސް ލިބުނު އާމްދަނީ އިތުރު

އާދީއްތަ 22 އޮކްޓޯބަރ 2023 | ހަމްޒާ

މިދިޔަ މަހުގެ އިމްޕޯޓް އެކްސްޕޯޓް ދަށްވި ނަމަވެސް ދައުލަތައް ލިބުނު އާމްދަނީ އިތުރު ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.

Advertisement


މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ސެޕްޓެމްބަރު މަހު އިމްޕޯޓް، އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު 3 އިންސައްތަ އިތުރުވެފައިވެއެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 360 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ، 350 މިލިއަން ރުފިޔާއެވެ.

ފާއިތުވި މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވިނަމަވެސް ރާއްޖެއަށް އެތެރެކުރި މުދަލާއި، ބޭރުކުރި މުދަލުގެ ނިސްބަތް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ، 4.3 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 3 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

މީގެއިތުރުން މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ ނިސްބަތްވަނީ، 43 އިންސައްތަ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން 149 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މިއަހަރުގެ މިމުއްދަތުގައި ރާއްޖެއިން ބޭރުކޮށްފައިވަނީ 149 މިލިއަން ރުފިޔާގެ މުދަލެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ސިންގަޕޫރުންނެވެ. އެގޮތުން އޮމާން އިން 883 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 681 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫ.އޭ.އީ އިން 500 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 406 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 406 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައިވެއެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ، ތައިލޭންޑް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިންޑިއާ އަދި ޖަރުމަނުވިލާތަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.