ލަނޑުޖެހުމަށްފަހު ގީއޫ އުފާފާޅުކުރަނީ: ފޮޓޯ-ބާސެލޯނާ

ބާސެލޯނާ އަށް އުފާވެރި މޮޅެއް!

ހޯމަ 23 އޮކްޓޯބަރ 2023 | އައުޓްރީޗް

ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން، ހަނި އެކަމަކު އުފާވެރި މޮޅެއް ހޯދައިފިއެވެ.

Advertisement


1-0 ން އެތްލެޓިކޯ ކްލަބް ބިލްބާއޯ ބަލިކުރި މޮޅު ބާސާއަށް އުފާވެރިވީ ވަރަށް ޅަ ކުޅުންތެރިންތަކެއް ބޭނުންކޮށްގެން ހޯދި މޮޅަކަށް ވުމުންނެވެ. އަދި މެޗުގެ ހަމައެކަނި ލަނޑު ޖެހި 17 އަހަރުގެ ގީއޫ ކުޅެން ނިކުއިންތާ އެންމެ 33 ސިކުންތްގެ ތެރޭގައި ލަނޑު ޖެހުމުންނެވެ. މިއާއެކު އޭނާ ވެފައިވަނީ ލީގުގައި އެންމެ މަދު ވަގުތުކޮޅެއްގެ ތެރޭގައި ބާސާއަށް ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. އޭނާ ކުޅެން ނިކުތީ 79 ވަނަ މިނިޓްގައެވެ.

މިމޮޅާއެކު ބާސެލޯނާ އޮތީ ލަލީގާ ތާވަލްގެ ތިން ވަނާގައެވެ. އެއީ 24 ޕޮއިންޓާއެކުއެވެ. އެއްވަނާގައިވާ ރެއާލް މެޑްރިޑާއި ދެވަނާގައިވާ ޖިރޯނާ އަށްވެސް ލިބިފައިވަނީ 25 ޕޮއިންޓެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.