
އޮޑިޝާ އަތުން މާޒިޔާއަށް ބޮޑު ބައްޔެއް، ފުރުޞަތު ހަނިވެއްޖެ!
އިންޑިޔާގެ އޮޑިޝާ އެފްސީ އަތުން ބޮޑު ބައްޔެއްވެ، އޭއެފްސީކަޕްގައި ކުރިއަށްދާން އޮތް ފުރުޞަތު މާޒިޔާއަށް ވަރަށް ބޮޑަށް ހަނިވެއްޖެއެވެ. އިންޑިޔާގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 6-1 ނެވެ.

ފުރަތަމަ ދެ މެޗުން ބަލިވެފައިވާ އޮޑިޝާއިން ވަނީ މެޗު ފަށައިގެން ތިންވަނަ މިނިޓްގައި މާޒިޔާގެ ގޯލް ހުޅުވާލާފައެވެ. ގޯލް ހުޅުވާލަދިނީ ލަލުތަތަންްގާ ކައުލަރިން އެވެ. މާޒިޔާގެ ސާބިއާ މިޑްފީލްޑަރ ޖޮސިޗް ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކުރުމުން، މާޒިޔާއިން ނަތީޖާ އަނބުރާލާނެކަމަށް އުއްމީދު ކުރެވުނަސް ފުރަތަމަ ހާފްގައި އޮޑިޝާއިން އިތުރު ދެ ލަނޑު ޖެހިއެވެ. އެދެ ލަނޑު ޖަހައިދިނީ ކާލޯސް ޑަލްގާޑޯއާއި، މޯޓަޑާ ފޯލްއެވެ. އޮޑިޝާގެ އަނެއް ތިން ލަނޑު ދެވަނަ ހާފްގައި ޖެހީ ރަނަވާޑޭއާއި، އިސާކް އަދި ސާހިލް ޕާންވަރު އެވެ.
މެޗުން ބަލިވުމުން މާޒިޔާ މިހާރު އޮތީ ގްރޫޕްގެ ފުލުގައެވެ. މިގްރޫޕްގެ ތަރުތީބު މިވަގުތަށް ކަނޑައެޅިގެންދާނީ މޯހަން ބަގާންއާއި ބަޝުންދުރަ މިރޭ ވާދަކުރަމުންދާ މެޗު ނިމުމުންނެވެ.