ހާލަންޑް ލަނޑު ޖެހުމަށްފަހު: ފޮޓޯ-މެންޗެސްޓަރ ސިޓީ

މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ހާލަންޑް ފުރަތަމަ ލަނޑު ޖަހާ، ސިޓީގެ ރެކޯޑް ކުރިއަށް!

ބުރާސްފަތި 26 އޮކްޓޯބަރ 2023 | އައުޓްރީޗް

މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ފޯވާޑް ހާލަޑް ފުރަތަމަ ލަނޑު ޖަހައިގެން، ސިޓީ މޮޅުކޮށްދީ ރެކޯޑް ދަމަހައްޓައިދީފިއެވެ.

Advertisement


މިދިޔަ ސީޒަން ހިމެނޭ ގޮތަށް ޗެމްޕިއަންސް ލީގުގައި ހާލަންޑް ލަނޑު ޖެހީ ހަ މެޗަށްފަހުއެވެ. މިސީޒަންގައި ގްރޫޕް ސްޓޭޖްގައި ސިޓީ ކުޅުނު ތިންވަނަ މެޗުގައި ޔަންގް ބޯއީސް ކޮޅަށް ހާލަންޑް ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. 3-1 ން ސިޓީ މޮޅުވި މެޗުގެ ފަހު ދެ ލަނޑު ޖެހީ ހާލަންޑެވެ. ފުރަތަމަ ލަނޑު ޖަހާ ކުރިހޯދައިދިނީ ޑިފެންޑަރ އަކަންޖީއެވެ. މިމޮޅާއެކު ސިޓީ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ޓީމަށެވެ. އެއީ ބަލިނުވެ 16 މެޗު ފުރިހަމަ ކޮށްގެންނެވެ. ސިޓީ ހިމެނޭ ގްރޫޕްގެ އެއްވަނާގައި އޮތީ ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުއެވެ.

ޕީއެސްޖީން ވަނީ އޭސީ މިލާން ބަލިކޮށް ގްރޫޕްގެ އެއްވަނަ އަށް ޖެހިލާފައެވެ. ޕީއެސްޖީގެ ދަނޑުގައި އެޓީމުން މިލާން ބަލިކުރީ 3-0 ނެވެ. ލަނޑުތައް ޖެހީ އެމްބާޕޭއާއި، ކޯލޯ މުއާނީއާއި، ލީ ކަންގ-އިން އެވެ. ޕީއެސްޖީ އެއްވަނާގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތީ 4 ޕޮއިންޓާއެކު ބޮރޫޝިޔާ ޑޯޓްމަންޑެވެ. ނިއުކާސަލް ތިން ވަނާގައި އޮތީވެސް 4 ޕޮއިންޓާއެކުއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.