އިންޑިއާ ކަނޑުގެ ސިފައިން ---

އިޒްރޭލަށް ޖާސޫސްކޮށްދިންކަށް ސާބިތުގެ އިންޑިއާ ސިފައިންގެ 8 މީހަކު މެރުމަށް ހުކުމްކޮށްފި

ހުކުރު 27 އޮކްޓޯބަރ 2023 | މޫސަ

ޤަތަރުގެ ސިއްރު މައުލޫމާތު، އިޒްރޭލަށް ޖާސޫސްކޮށްދިންކަމުގެ ކުށް ސާބިތުގެ އިންޑިއާގެ ކަނޑުގެ ސިފައިންގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ އިންޑިއާގެ 8 މީހަކަށް މަރުގެ އަދަބު ދިނުމަށް ޤަތަރުން ނިންމައިފިއެވެ.

Advertisement


އެމީހުންގެ ތެރޭގައި އިންޑިއާގެ ކަނޑުގެ ސިފައިންގެ ލަޝްކަުގެ ވަރަށް އިސް މަޤާމުތަކުގައި ކުރިން މަސައްކަތްކޮށްފައިވާ މީހުންވެސް ހިމެނެއެވެ.


އެމީހުންގެ މައްޗަށް ޤަޠަރުގެ ކޯޓެއްގައި ހިންގި ޝަރީއަތް ނިންމައި މެރުމަށް ޙުކުމްކޮށްގައި ވަނީ އިއްޔެއެވެ. މިއަށް މީހުންނަކީ، ޤަޠަރުގެ ކުންފުންޏެއް ކަމުގައިވާ، އަލް ދަހްރާ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ ބައެކެވެ. އެމީހުން ވަނީ ޤަޠަރުގެ އަސްކަރީ މައުލޫމާތުތަކެއް ވަގަށް ނަގައި އެމައުލޫމާތު އިޒްރޭލުގެ ޖާސޫސީ އިދާރާއާ ހިއްސާކޮށްފައެވެ.

ޤަތަރުން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ އެ 8 މީހުން ހައްޔަރުކޮށްފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެމީހުންގެ މައްޗަށް އިއްވި މަރުގެ ހުކުމާއި ގުޅިގެން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ޖާސޫސުން ދުނިޔޭގެ އެކި ޤައުމުތަކުގައި ހަރަކާތްތެރިވަމުން އަންނައިރު، ކެނެޑާގައި ދިރިއުޅެމުން ދިޔަ ސިކުންގެ ލީޑަރެއް އިންޑިއާގެ ޖާސޫސުން ފޮނުވައިގެން މަރާލި މައްސަލައެއްގައި އިންޑިއާއާ ކެނެޑާގެ ގުޅުންވެސް އޮތީ ގޯސްވެފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.