މެޗުގައި ދެ ލަނޑު ޖެހި ބެލިންގހަމް: ފޮޓޯ-ލަލީގާ

އެލް ކްލެސިކޯ މެޗު ރެއާލް އަށް، ވިދާލީ ބެލިންގހަމް

އާދީއްތަ 29 އޮކްޓޯބަރ 2023 | އައުޓްރީޗް

ސްޕެއިންގެ ބޮޑު ދެބާރުގެ ވާދަވެރި އެލް ކްލެސިކޯ މެޗު ބެލިންގހަމްގެ ވިދުންގަދަ މޮޅު ކޮޅުމާއެކު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

Advertisement


ސްޕެނިޝް ލީގުގައި ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ރެއާލް އިން ކާމިޔާބުކުރީ 2-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ބާސެލޯނާއިންނެވެ. އެޓީމަށް ކުރިހޯދައިދިނީ މިސީޒަނާ ހަމައަށް މެންޗެސްޓަރ ސިޓީއަށް ކުޅުނު ޖަރުމަނު މިޑްފީލްޑަރ ގުންޑޮގާންއެވެ. މެޗުގައި ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދީ، މެޗުން މޮޅު ކޮށްދިނީވެސް ބެލިންގހަމްއެވެ. މެޗުން ރެއާލް މޮޅުކޮށްދިން ލަނޑުން ބެލިންގހަމް ޖެހީ މެޗުގެ އިތުރު ވަގުތުގައި މޮޑްރިޗް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. 

މެޗަށްފަހު ރެއާލްގެ ކޯޗު ކާލީ އެންޗެލޮޓީ ބުނީ ދެވަނަ ހާފްގައި ކުޅެން ނިކުމެ މެޗުގެ ކޮންޓްރޯލް ހޯދި މޮޑްރިޗް ކަމަށެވެ. އަދި ބެލިންގހަމް ލަނޑު ޖަހާ މިންވަރާ މެދު އެންމެންވެސް ހައިރާންވާ ކަމަށެވެ. 20 އަހަރުގެ ބެލިންގހަމްގެ ފަރާތުން ފެންނަ މޮޅު ކުޅުމަށް އެންޗެލޮޓީ ވަރަށް ބޮޑަށް ތައުރީފް ކުރިއެވެ.

މޮޅާއެކު ރެއާލް އެއްވަނާގައި އޮތީ ދެވަނާގައި އޮތީ ޖިރޯނާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދި ނަމަވެސް ގޯލްގެ ތަފާތުން ކުރިހޯދައިގެންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.