އިޒްރޭލުގެ ބޮޑުވަޒީރު ބެންޛަމިން ނަތަންޔާހޫ --

ހަމާސްއިން އާއްމުކުރި އިޒްރޭލުގެ އަސީރުންގެ ވީޑިއޯއާއެކުގައި، ނަތަންޔާހޫ ހޫނުފެނަށް ވެއްޓިއްޖެ

ހޯމަ 30 އޮކްޓޯބަރ 2023 | މޫސަ

އިޒްރާއީލުން މުޅި ގައްޒާ ފުނޑުފުނޑުކުރަމުން ދަނިކޮށް، ގައްޒާގައި ހަމާސްއިން އަސީރުންގެ ގޮތުގައި ބައިތިއްބާފައިވާ އިޒްރާއީލު މީހުންގެ ވީޑިއޯއެއް އާއްމުވުމާއިއެކު އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ހޫނުފެނަށް ވެއްޓިއްޖެއެވެ.

Advertisement


ހަމާސްއިން އާއްމުކުރި އިޒްރޭލުގެ އަސީރުންގެ ވީޑިއޯގައި އެމީހުން ތުހުމަތުކޮށްފައި ވަނީ، އަސީރުން މިނިވަން ކުރުމަށް، ނަތަންޔާހޫ ބޭނުން ނުވާ ކަމަށާއި، ނަތަންޔާހޫ ބޭނުންވަނީ ޣައްޒާގައި އެމީހުން މަރާލުމަށްކަމުގައިވެސް އާއްމުކުރި ވީޑިއޯގައި ވާހަކަދައްކާފައިވާ މީހާ ވަނީ ބުނެފައެވެ. އެވީޑިއޯގައި ހަމާސްއިން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައިވާ އިތުރު 2 އަންހެނަކުވެސް ބައިވެރިވެފައިވެއެވެ.

ވީޑިއޯއާގުޅިގެން އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ، ހަމާސް އިން އިޒްރޭލާ ދެކޮޅަށް ވަރުގަދަ ޕްރޮޕެގެންޑާ ހަނގުރާމައެއް ފަށައިފައިވާކަމަށް ބުނެފައެވެ. އަދި އެފަދަ ވީޑިއޯއެއް ހަމާސްއިން އާއްމުކޮށްފާނެކަމަށް ކުރިންވެސް އިޒްރޭލުގެ އިސްފަރާތްތަކުން ވަނީ ނަތަންޔާހޫއަށް އަންގާފައެވެ.

ހަމާސްއިން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ މީހުންގެ ތެރެއިން 50 ވުރެ ގިނަ މީހުން އިޒްރޭލުގެ ހަމަލާތަކުގައި މަރުވެއްޖެކަމުގައިވެސް ހަމާސްއިން ވަނީ ބުނެފައެވެ. އިޒްރޭލުން ލަފާކޮށްފައިވާ ގޮތުގައި ހަމާސްއިން އަސީރުންގެ ގޮތުގައި ޣައްޒާއަށް 220 ވުރެ ގިނަ މީހުން ގެންގޮސްފައިވެއެވެ.

ހަމާސްއިން އާއްމުކުރި ވީޑިއޯއަށްފަހުގައި، ޣައްޒާއަށް ވަތް އިޒްރޭލު ސިފައިން އަސީރުންގެ ގޮތުގައި ހަމާސްއިން ގެންދިޔަ މީހަކު މިނިވަންކޮށްފި ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެއީ ނަތަންޔާހޫއަށް ލިބެމުން އަންނަ ނާކާމިޔާބީއަށް ފަސްއެޅުމަށް ފެތުރި ޕްރޮޕެގެންޑާއެއް ކަމުގައި އިޒްރޭލުގެ މީހުންވެސް ދަނީ ބުނަމުންނެވެ. އަދި ގައްޒާއަށް ހަމަލާދިނުން ހުއްޓާލުމަށް އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައިވާ އިޒްރޭލު މީހުންގެ އާއިލާތަކުންވެސް ދަނީ ނަތަންޔާހޫއަށް ގޮވާލަމުންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.