އިޒްރޭލުން ބޮންއަޅައި ފަލަސްޠީނުގެ އިމާރާތެއް ހަލާކުކޮށްލާފައި ---

ޗައިނާއިން އިޒްރާއީލް ދުނިޔޭގެ ޗާޓުތަކުން ފޮހެލައިފި

އަންގާރަ 31 އޮކްޓޯބަރ 2023 | މޫސަ

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ބާރުކަމުގައިވާ ޗައިނާއިން، އެޤައުމުން ބޭނުން ކުރާ ދުނިޔޭގެ ޗާޓުތަކުންނާއި އެޤައުމުން އުފައްދާފައިވާ ދުނިޔޭގެ ޗާޓުތަކުން އިޒްރޭލު ފޮހެލައިފިއެވެ.

Advertisement


ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް، އިނގިރޭސީން އިސްވެ ތިބެ 1948 ވަނައަހަރު، ފަލަސްޠީނުގެ ބިމުގައި އުފައްދާފައިވާ ޣައިރު ޤާނޫނީ ދައުލަތް ބަލައި ނުގަންނަ ޤައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. ފަލަސްޠީނުގް ޣައްޒާގެ ބިމަށް ވެރިވެގަތުމަށްޓަކައި، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ޤަތުލުއާއްމުތައް ކުއްވެރިކޮށް ޗައިނާއިން ދަނީ އިޒްރޭލާއި ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ޗައިނާގެ ވިޔަފާރިތަކުން ދަނީ އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.  

ޗައިނާގެ އިކޮމާސް ވިޔަފާރިތަކުގައި ބޭނުންކުރާ ޗާޓުތަކާއި އެޕްތަކުގައި ވެސް މިހާރު ވަނީ އިޒްރާއީލް ފޮހެލާފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އީކޮމާސް ވިޔަފާރި އަލީ ބާބާ އާއި، ބައިޑު ހިމެނެއެވެ. މީގެ އިތުރުން އިޒްރޭލަށް ޑެލިވަރީގެ ޚިދުމަތް ހިލޭ ދިނުންވެސް ޗައިނާގެ ބައެއް ވިޔަފާރިތަކުން ހުއްޓާލާފައި ވާއިރު، މިހަފްތާގައި ޗައިނާގެ ކުންފުންޏަކުން ވަނީ އިޒްރޭލުގެ ދިދަ އުފައްދައި ސަޕްލައިކޮށްދިނުންވެސް ހުއްޓާލާފައެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއިއެކު ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ އިޒްރޭލާއި ދެކޮޅުވެފައެވެ. އަދި އިޒްރޭލަށް ތާއީދުކުރާ އިނގިރޭސި ވިލާތާއި، އެމެރިކާއާއި، އިންޑިޔާފަދަ ޤައުމުތަކުގެ އެތައް މިލިޔަން އާއްމު ރައްޔިތުންނެއް ދަނީ އިޒްރޭލާއި ދެކޮޅަށް އަޑު އުފުލައި އެއްވުންތައް ބާއްވަމުންނެެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.