އިޒްރާއީލް ސިފައިން --

އިޒްރާއީލުގެ ސިއްރު އެޖެންޑާ ވިކިލީކްސްއިން ލީކުކޮށްލައިފި

އަންގާރަ 31 އޮކްޓޯބަރ 2023 | މޫސަ

އިޒްރާއީލުން ގައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމާއި ޤަތުލު އާއްމުތަކުގެ ފަހަތުގައި ފޮރުވިފައިވާ މަޤުޞަދުތައް ހިމެނޭ އިޒްރާއީލް ސަރުކާރުގެ ލިޔެކިޔުންތައް ވިކިލީކްސްއިން ލީކްކޮށްލައިފިއެވެ.

Advertisement


ގައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ގުޅޭ ގޮތުން އިޒްރޭލުން އެކުލަވާލާފައިވާ ސިއްރު ލިޔުންތައް ހޯދައި، ވިކިލީކްސްއިން ލީކުކޮށްލާފައި ވަނީ އިއްޔެއެވެ. އެލިޔުންތަކަކީ، 7 އޮކްޓޫބަރުގައި އިޒްރޭލަށް ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން އިޒްރޭލުން ދޭ ހަމަލާތައް ފެށުމުގެ ކުރީކޮޅުގައި އިޒްރޭލުން ހަދާފައިވާ ޕްލޭންތަކެކެވެ. މިގޮތުން 13 އޮކްޓޫބަރުގައި އެކުލަވާލާފައިވާ އެޖެންޑާގައި 3 މަރުހަލާއެއްގައި ކަންތައްތައް ކުރާނެ ގޮތްތައް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި، ގައްޒާއަށް އިޒްރޭލު ސިފައިން އެއްގަމު މަގުން ވަނުމާއި، ގައްޒާގެ އާއްމުން މިސްރުގެ ސައިނާއަށް ބޭރުކޮށްލުމާއި، އަދި ސައިނާގައި، ގާޒާގެ ރައްޔިތުންނަށް އެނބުރި ގާޒާއަށް ނާދެވޭނެހެން ބޭތިއްބުން ހިމެނެއެވެ.

ވިކިލީކްސްއިން އިޒްރާއީލުގެ ސިއްރު އެޖެންޑާ ލީކްކޮށްލުމުގެ ކުރިންވެސް އިޒްރޭލުގެ އަމާޒަކީ، ގައްޒާގެ 2.5 މިލިއަން މީހުން ގައްޒާއިން ބޭރުކޮށްލައި މުޅި ގައްޒާގެ ބިމަށް އިޒްރޭލުން ވެރިވެގަތުންކަމުގައި މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އިޒްރޭލުން ގައްޒާގެ އުތުރަށް ވަދެފައިވާ ވާއިރު، އިޒްރާއީލް ސިފައިންނާއި އެކު އެމެރިކާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.