
މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ލީގު ކަޕުން ކަޓައިފި
މެންޗެސްޓަރ ޔުނއިޓެޑާއި އާސެނަލް އިނގިރޭސި ލީގު ކަޕުން ކަޓައިފިއެވެ.

ކްއާޓާ ފައިނަލުން ފުރުޞަތު ނުލިބި އާސެނަލް ކެޓީ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-1 ން ބަލިވެގެންނެވެ. މެޗުގައި އާސެނަލް ކޮޅަށް ފުރަތަމަ ގޯލް ވަނީ އެޓީމްގެ ވައިޓް އަތުންނެވެ. ވެސްޓް ހޭމްގެ ދެވަނަ ލަނޑު ޖެހީ ކުޑޫސްއެވެ. އަދި ބޮވެން ތިންވަނަ ލަނޑެއް ޖަހާ ބޮޑު ލީޑެއް ނެގިއެވެ. މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު ޖެހުނީ މެޗުގެ އިތުރު ވަގުތުގައެވެ. ލަނޑުން ޖެހީ ބެންޗުން ފެށި ކެޕްޓަން އޮޑެގާޑެވެ. އޮޑެގާޑްގެ އިތުރުން ޑެކްލަން ރައިސްއާއި، ބުކަޔޯ ސަކާ އަށްވެސް ކޯޗު އާޓެޓާ ޖާގަ ދިނީ ބެންޗުންނެވެ. އެއާއެކު ބަލީގެ ޒިންމާވެސް ނެގީ ކޯޗު އާޓެޓާއެވެ.
ކްއާޓާ ފައިނަލްގައި ވެސްޓް ހޭމް ވާދަކުރަން ޖެހޭނީ 2-1 ން ބޯންމައުތް ބަލިކުރި ލިވަޕޫލާއެވެ. މެންޗެސްޓަރ ޔުނައިޓެޑް ކަޓުވާލުމަށަްފަހު ކްއާޓާ ފައިނަލުން ޖާގަހޯދީ ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދީ 3-0 ނެވެ. ފުރަތަމަ ދެ ލަނޑު ފުރަތަމަ ހާފްގައި ޖެހީ އަލްމިރޯންއާއި، ހޯލް އެވެ. ތިންވަނަ ލަނޑު ދެވަނަ ހާފްގައި ޖެހ ބޮވެންއެވެ.
ނިއުކާސަލް ޔުނައިޓެޑް ކްއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ ޗެލްސީއާއެވެ. ޗެލްސީ ކްއާޓާ ފައިނަލްގެ ޖާގަހޯދީ 2-0 ން ބްލެކްބާން ރޯވާރސް ބަލިކޮށްގެންނެވެ.