
ސިޓީއަށް ބޮޑު މޮޅެއް، އާސެނަލް ބަލި، ޔުނައިޓެޑް އުނދަގޫ މޮޅެއް
އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް އިން ބޮޑު މޮޅެއް ހޯދިއިރު، ލީގަށް އެންމެ ކައިރިން ވާދަކުރި އާސެނަލް ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ސިޓީ މޮޅުވީ ބޯންމައުތާ ވާދަކޮށް 6-1 ނެވެ. ލީގުގައި މިސީޒަންގައި އާސެނަލް ބަލިކުރި ފުރަތަމަ ޓީމަކީ ނިއުކާސަލް ޔުނައިޓެޑެވެ. ސިޓީ މޮޅުވި މެޗުގައި ޑޮކޫ ވަނީ ފުރަތަމަ ލަނޑު ޖަހާ، ހަތަރު ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދީފައެވެ. މެޗުގައި ބާނާޑޯ ސިލްވާ ދެ ލަނޑު ޖެހިއެވެ. ދެން ލަނޑު ޖެހީ ފޮޑެންއާއި، އަކަންޖީއާއި، ނަތަން އަކޭ އެވެ. އާސެނަލް ބަލިކުރަން ނިއުކާސަލްއިން ލަނޑު ޖެހީ އެންތޮނީ ގޯޑޮން އެވެ.
ނަތީޖާތަށް ގޯސްކޮށް އޮތް މެންޗެސްޓަރ ޔުނައިޓެޑް އުނދަގޫ މޮޅެއް ހޯދީ ފުލަމް އަތުންނެވެ. މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-0 ނެވެ. ހަމައެކަނި ލަނޑު މެދުގެ އިތުރު ވަގުތުގައި ޖެހީ ބުރޫނޯ ފެނާންޑޭޒް އެވެ.
މިނަތީޖާތަކާ އެކު 11 މެޗުން 27 ޕޮއިންޓް ހޯދައިގެން އެއްވަނާގައި އޮތީ ސިޓީއެވެ. ދެވަނާގައި ޓޮޓެންހަމް އޮތީ މެޗެއް މަދުން ކުޅެ 26 ޕޮއިންޓާއެކުއެވެ. އާސެނަލް ތިންވަނާގައި އޮތީ 24 ޕޮއިންޓާއެކުއެވެ. މެންޗެސްޓަރ ޔުނައިޓެޑް އޮތީ 18 ޕޮއިންޓާއެކު 8 ވަނާގައެވެ.