ވިޒިޓަރ އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުން. ފޮޓޯ:ރައީސްއޮފީސް

ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިޔަން ޑޮލަރަށް ޖެއްސުމަކީ އަމާޒެއް - މިނިސްޓަރ ސަޢީދު

ހޯމަ 20 ނޮވެމްބަރ 2023 | ހަމްޒާ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުމަކީ މި ސަރުކާރުން ކުރު ރާސްތާއެއްގައި ޙާޞިލުކުރަން ބޭނުންވާ ވަރަށް ބޮޑު އަމާޒެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

Advertisement


މިނިސްޓަރ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލުގެ މަސައްކަތްތައް ކުރިޔަށްދާނެ ގޮތުގެ ތަފްޞީލުތައް، އެ ކައުންސިލުން މީޑިއާއާ ޙިއްޞާކުރައްވަމުންނެވެ. މި ތަފްޞީލުތައް ޙިއްޞާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ އަމްދަނީއަކީ ގާތްގަނޑަކަށް 4.5 ބިލިޔަން އެމެރިކާ ޑޮލަރުކަން ފާހަގަކުރެއްވިއެވެ. އަދި އެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުމަކީ މި ސަރުކާރުން ކުރު ރާސްތާއެއްގައި ޙާޞިލުކުރަން ބޭނުންވާ ވަރަށް ބޮޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ.  މިނިސްޓަރ ވަނީ، މިކަން ޙާޞިލުކުރުމުގައި ޓޫރިޒަމް ދާއިރާ އިތުރަށް ސިންދަފާތުކޮށް ކުޅިވަރު، ސަގާފަތް، ތައުލީމީ، އަދި ޞިއްޙީ ދާއިރާ ފަދަ ފަތުރުވެރިކަމަށް ފުރުޞަތުތައް ހުރި ބައެއް ދާއިރާތައް މިނިސްޓަރ ސަޢީދު ފާހަގަކުރައްވާފައެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، އަލަށް އެކުލަވާލެއްވި ކައުންސިލެކެވެ. މި ކައުންސިލު ޗެއަރ ކުރައްވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. ކޯޗެއަރ ކުރައްވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލެވެ.


ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދެވި ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއް ކަމަކީ، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.