
ހުޅުމާލޭގައި ކާރަކާއި 3 ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 4 މީހުންނަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ކާރަކާއި ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 4 މީހުންނަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް 3 ސައިކަލްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުން ކަމަށެވެ. އޭގެ ތެރެއިން އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިއެކްސިޑެންޓު ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ، މިރޭ ގާތްގަނޑަކަށް 7:42 އެހާކަށްހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ދަނީ، މިއެކްސިޑެންޓް ހިނގަން މެދުވެރިވެ ސަބަބު ބެލުމަށް މިކަން އިތުރަށް ތަހުޤީޤުކުރަމުންނެވެ.