އެންމެފަހުން އަރަބިއްޔާ ސްކޫލު ހިންގި ދާޢިމީ ޢިމާރާތް / ފޮޓޯ:މިނިސްޓަރީ

ރައީސް ޑރ.މުއިއްޒުގެ ވަޢުދާއި އެއްގޮތަށް އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއް ކަނޑައަޅައިފި

އަންގާރަ 21 ނޮވެމްބަރ 2023 | އަހުމަދު ދާއޫދު

މިދިޔަ ހުކުރު ދުވަހު ރައީސުލް ޖުމުހުރިއްޔާކަމުގެ ހުވާކުރައްވާ ރައީސުލް ޖުމުހުރިއްޔާކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުގައި ހިމެނޭ އަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތް ބިނާކުމުގެ ވަޢުދުގެ ތެރެއިން، އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއް ސަރުކާރުން ކަނޑައަޅައި، 'ހަފުތާ 14' ގައި ޢަމަލީ މަސައްކަތް ފެށްޓެވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

Advertisement


މިގޮތުން ރައީސް އޮފީހުން ވިދާޅުވީ، ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށި ކަމަށެވެ. އަދި 'ހަފުތާ 14'ގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމަސް ވަޑައިގަންނަނވަން ވެގެން އަދި ވެރިކަމަށް އިންތިހާބުވެ ވަޑައިގެންނެވުމަށް ފަހުގައިވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވަމުން ގެންދެވީ ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކޮށް ދެއްވާނެކަމަށެވެ.

އަރަބިއްޔާ ސްކޫލަށް މިވަގުތު ދާއިމީ ޢިމާރާތެއް ނެތުމުން އެ ސްކޫލުގެ ދަރިވަރުންނާއި އަދި މުދައްރިސުން އުޅެމުން ގެންދަނީ ވަރަށް ދަތިހާލެއްގައެވެ. އަދި މިކަމުގެ ސަބަބުން އެ ސްކޫލުގެ ބެލެނިވެރިންގެ ޝަކުވާތައް ޝަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ކެނޑިޅޭނި އުފުލަމުން ގެންގޮސްފައި ވެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.