މާލޭގެ އާ މޭޔަރު އާދަމް އާޒިމް

މާލޭ ސިޓީގެ އާ މޭޔަރު އާޒިމް ހުވާކުރެއްވުން އަންނަ ހޯމަ ދުވަހު

އަންގާރަ 16 ޖެނުއަރީ 2024 | އަހުމަދު ދާއޫދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ބައި އިލެކްޝަން ކާމިޔާބު ކުރައްވާ މާލެ ސިޓިގެ މޭޔަރު ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންފައިވާ އާދަމް އާޒިމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމަވައިފިއެވެ.

Advertisement


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ކޮންމެ ސިޓީ ކައުންސިލެއްގެ މޭޔަރު އިންތިޚާބަކީ މުހިންމު އިންތިޚާބެއް ކަމަށާއި މޭޔަރު ހުވާކުރުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މާލެ ސިޓީ މޭޔަރު އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި 3 މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 22 ވާ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު އިތުރަށް ވިދާޅުވީ މާލޭގެ އައު މާޔަރާއި، ކައުންސިލަށް އަލަށް އިންތިޚާބުވި މެންބަރުންނާއެކު ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

"މާލޭގެ ރައްޔިތުންގެ އުއްމީދުތަކާއި ވެރިކަމަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ. އަޅުގަނޑުމެން ޔަގީންކުރަނީ އަލަށް ހޮވިވަޑައިގެންނެވި މޭޔަރު އަދި އިތުރު މެންބަރުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއެކުގައި ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް،" މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.