ފައްޔާޒު އިސްމާޢިލް

ފައްޔާޒުގެ ވަރުގަދަ އިންޒާރެއް ސަރުކާރަށް

ބުރާސްފަތި 18 ޖެނުއަރީ 2024 | އަހުމަދު ދާއޫދު

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް "މާމުއި ހަނދުވަރުގެ ރޭތައް" ނިމުނު ކަމަށް ވިދާޅުވެ، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

Advertisement


ފައްޔާޒުގެ މި އިންޒާރު އައިސްފައި މިވަނީ މި ސަރުކާރުގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ހިންގާ ބޮޑަތި މަޝްރޫޢުތަކެއް މި ސަރުކާރުގެ މިނިސްޓްރީއަކުން ހިންގާ ގޮތަށް މާލޭ ކައުންސިލް ބައްދަލުވުމަކުން ނިންމުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއް މެދުވެރި ކޮށެވެ.

" މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް މިއަޔީ. އަނިޔާވެރިކަމާ އޮޅުވާލުމާ ހުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފަ. الله ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ." ފައްޔާޒުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ފައްޔާޒުގެ ޕޯސްޓެއް މިފަދައިން ކުރެއްވި އިރު މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ބޭއްވުނު ބައި އިލެކްޝަން ކާމިޔާބު ކުރައްވާ މާލޭގެ މޭޔަރަކަށް ވަނީ އެމްޑީޕީން ވާދަކުރެއްވި ކުރީގެ އެމްޓީސީސީގެ ސީއޯ އާދަމް އާޒިމް އިންތިހާބުވެ ވަޑައިގެންފައެވެ.

މާލޭސިޓީ ކައުންސިލްގެ ބައްދަލުވުމެއް އިއްޔެ ބާއްވާ ކައުންސިލްގެ މަސައްކަތްތަކެއް ސަރުކާރުގެ މިނިސްޓްރީ އަކާއި ހަވާލުކުރީ އާޒިމް މޭޔަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އެކަންތައްތައް ނިންމާލަންކަމަށް އެމްޑީޕީގެ ސަޕޯރޓަރުން ޤަބޫލުކުރެއެވެ.

މާލޭސިޓީކައުންސިލުން އިއްޔެ އެ ނިންމި ނިންމާއި ގުޅިގެން އިންތިޙާބީ މާލޭ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިންތިހާބީ މޭޔަރު އާދަމް އާޒިމް މަޤާމުގެ ހުވާ ކުރެއްވުމުގެ ދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޯމަ ދުވަހު ދަރުބާރު ގޭގައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.