މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަދި މީހާ

މިވަގުތަށް ދުނިޔޭގައި ހުރި އެންމެ މުއްސަދި މީހަކީ އެމެޒޮން ކުންފުނީގެ ބާނީ ޖެފް ބެޒޯސް

ބުރާސްފަތި 07 މާޗް 2024 | އަހުމަދު ދާއޫދު

މިވަގުތަށް ދުނިޔޭގައި ހުރި އެންމެ މުއްސަދި މީހަކީ އެމެޒޮން ކުންފުނީގެ ބާނީ، ޖެފް ބެޒޯސް ކަމަށް ބްލޫމްބާގުން ހާމަކޮށްފިއެވެ.

Advertisement


މީގެ ކުރިން ބުލޫބާގުން އެކުލަވާލި މުއްސަދިންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކްއެވެ.

ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިޔާ މަސްކުގެ މިހާރުގެ މިލްކިއްޔާތަކީ 198 ބިިލިއަން ޑޮލަރު ކަމަށް ބްލޫމްބާގް އިން ބުނެފައިވެ އެވެ. ބެޒޯސް އަށް ކުރި ލިބެނީ 200 ބިލިއަން ޑޮލަރުގެ މިލްކިއްޔާތާ އެކުގަ އެވެ.

އެކްސް (ކުރީގެ ޓްވިޓާ) ގެ ވެސް ވެރިޔާ ކަމަށްވާ މަސްކުގެ ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު މިދިޔަ ދެތިން މަހު 25 ޕަސެންޓު ދަށްވެ އޭނާގެ މިލްކިއްޔާތުން 30 ބިލިއަން ޑޮލަރު ވަނީ އުނިވެފަ އެވެ. މަސްކަށް އިތުރު މައްސަލައަކަށްވީ 2018 ވަަނަ އަހަރު ހެދި 55.8 ބިލިއަން ޑޮލަރުގެ "ޓެސްލާ ކޮމްޕެންސޭޝަން އެގްރީމަންޓް" ޖެނުއަރީ މަހު ކޯޓުން ބާތިލްކުރުމެވެ.

އެމެޒޯން ކުންފުނި ހިންގުމާ މިހާރު ދުރުގައި ހުރި ބެޒޯސްގެ މިލްކިއްޔާތު މައްޗަށް ދިޔައީ އީކޮމާސް ޕްލެޓްފޯމް އެމެޒޯންގެ ހިއްސާގެ އަގު އުފުލުމާ އެކުގަ އެވެ.

ބެޒޯސް އޭނާގެ 8.5 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލާފައި ވިޔަސް އޭނާ އަކީ އަދިވެސް ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރެވެ.

މުއްސަނދިންގެ ލިސްޓުގެ ތިން ވަނަ އަށް އޮތީ ފްރާންސްގެ ލަގްޒަރީ ގްރޫޕް އެލްވީއެމްއެޗް [ލުއީ ވުޓޯން] ގެ ވެރިޔާ ބާނާޑް އޯނޯލްޓް އެވެ. އޭނާގެ މިލްކިއްޔާތަކީ 197 ބިލިއަން ޑޮލަރެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.