ބީއެމްއެލް އަށް ބޮޑު ފައިދާއެއް / ފޮޓޯ: ބީއެމްއެލް

ބޭންކު އޮފް މޯލްޑިވްސްއަށް ބޮޑު ފައިދާއެއް، ހިއްސާ އަކަށް 50ރ. ބަހަން ހުށަހަޅަނީ

ބުރާސްފަތި 04 އޭޕްރީލް 2024 | އަހުމަދު ދާއޫދު

ބޭންކުއޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޮޑުފައިދާއެއްވެ، ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އެބޭންކުން ބޯޑުން ނިންމައިފިއެވެ.

Advertisement


ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިދިޔަ އަހަރަކީ އެ ބޭންކަށް އެންމެ ރަނގަޅު މާލީ ފައިދާއެއް ހޯދުނު އަހަރު ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލްގެ ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއާ އެކު ހިއްސާ އަކަށް ބަހަން ކަނޑައެޅި 50ރ. އަކީ މިހާތަނަށް އެ ބޭންކުން ހިއްސާ ދާރުންނަށް ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދު ކަމަށް އެ ބޭންކުން ބުނެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ އާއި ހަވާލާދީ ބޭންކުން ބުނީ މިދިޔަ އަހަރު ބޭންކަށް ލިބުނު ރެކޯޑް ނަތީޖާއާ މެދު ބޭންކުން އުފާކުރާ ކަމަށާއި، މިއީ ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރުކަމަށެވެ.

"ބޭންކްގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައި. މިއީ ބޭންކުގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު،" ކާލް އާ ހަވާލާދީ ބޭންކުން ބުންޏެވެ.

އޭނާ ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރު ކަމަށާއި މި ނަތީޖާއާ އެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ބޭންކުން ސަރުކާރަށް ދައްކާނެ ކަމަށެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކް، ބީއެމްއެލްގެ ރައުސުލްމާލުގެ އަގު 45 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ބޭންކުން 340،000 ކަސްޓަމަރުން ހިދުމަތް ހޯދާ އިރު 85 މިލިއަންގެ އިންޓަނެޓް ޓްރާންސެކްޝަން ހިންގާފައިވެއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.