އިންސްޓިޓިއުޓް އޮފް ޗާރޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ސީ.އީ.އޯގެ މަޤާމަށް އައްޔަންކުރެވުނު އިބްރާހިމް އަންވަރު

ޗާރޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ސީ.އީ.އޯގެ މަޤާމަށް އަންވަރު އައްޔަންކޮށްފި

ބުރާސްފަތި 02 މެއި 2024 | އަހުމަދު ދާއޫދު

އިންސްޓިޓިއުޓް އޮފް ޗާރޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ސީ.އީ.އޯގެ މަޤާމަށް އިބްރާހިމް އަންވަރު އައްޔަންކުރައްވައިފިއެވެ.

Advertisement


ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން 8 ސެޕްޓެމްބަރ 2020 ގައި ވުޖޫދުކުރެވުނު އިންސްޓިޓިއުޓް އޮފް ޗާރޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ގެ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮޕެޝަންއާއިގުޅޭ ކަންކަން ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަންޒީމްކޮށް، ދިވެހިރާއްޖޭގެ އެކައުންޓަންސީ ޕްރޮޕެޝަންއެއް ޤާއިމްކޮށް އެ ޕްރޮޕެޝަން ކުރިއެރުވުމެވެ.

މިއަދު މި އިންސްޓިޓިއުޓުގެ ސީއީއޯ އަކަށް އައްޔަން ކުރެވުނު އިބްރާހިމް އަންވަރު އެންމެ ފަހުން ހުންނެވީ އައިލޭންޑްސް ބެވަރޭޖަސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. އަދި އޭގެ އިތުރުން މާލެ ވޯޓަރ އެންޑް ސެވަރޭޖް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރެއްވިއެވެ.

އައްވަރުއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މި ދާޢިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ ފަރާތަކަށް ވާއިރު، އޭނާ އެކައުންޓިން އިން މާސްޓަރސް ހާސިލްކުރައްވާފައި ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީއިންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.