ރާއްޖޭގެ ނޫސްވެރިން ބޭނުންވާ މައުލޫމާތު ލިބުމުގައި ދަތިތަކެއް އެބަހުރި / ރައީސް އޮފީސް

ރާއްޖޭގެ ނޫސްވެރިންގެ ކުރިމަގަށް އޮތީ އިންޒާރުތަކާއި ނުތަވަސްކަންބާ!؟

ހޮނިހިރު 04 މެއި 2024 | އަހުމަދު ދާއޫދު

މިދިޔަ ފަސްއަހަރު ވެރިކަން ކުރި އެމްޑީޕީގެ ސަރުކާރުން ކަންކަން ފޮރުވަމުންދާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ސިއްރުން އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ވިދާޅުވެ އެތަށް ވަޢުދުތަކެއް ވުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނިގެން މިދަނީ ވައުދުވެ ވަޑައިގެންނެވި ކަންތައްތަކާއި މުޅިން އިދިކޮޅަށް ކަންތައްތައް ކުރައްވަމުން ގެންދަވާތަނެވެ.

Advertisement


ރައީސް މުއިއްޒުގެ ސަރުކާރަށް 100 ދުވަސް ވުމުގެ ކުރިން ރާއްޖޭގައި ނެރެމުން އައި އޮންލައިން ތިން ނޫހެއް ވަނީ ބްލޮކް ކޮށްލައިފައެވެ. ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ 'ދިޔަވަރު' އަދި 'ކުރުސީ'ގެ އިތުރުން ރަޖިސްޓްރީކޮށްގެން ހިންގާ 'ފުރަތަމަ' ވެބުސައިޓް ވަނީ 22 ޑިސެމްބަރ 2023 ގައި މި ސަރުކާރުން ބުލޮކް ކޮށްލައިފައެވެ.

ތައްމިނަށް މަޢުލޫމާތު ހާމަކޮށްދެން ވަޢުދެވެ ވެރިކަމާއި ހަވާލުވި ސަރުކާރުން ފެނިގެން ދަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ސީދާ ކޮންޖައްސަވަމުން ދާތަނެވެ.

މި ސަރުކާރު އައި ފަހުން ރައީސް އޮފީހަށް ހުށަހެޅި ގިނަ އާރުޓީއައި ތަކަށް ޖަވާބެއް ނުދެއެވެ. އައިކޮމް އިން ބާއްވާ އަޑު އެހުންތަކަށް ވެސް ރައީސް އޮފީހުގެ އޮފިޝަލުން ހާޒިރެއް ނުވެއެވެ. އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެފައި ވަނީ އެ ކޮމިޝަނަށް މި އަހަރު އެންމެ ގިނަ ޝަކުވާ ހުށަހެޅިފައިވަނީ ރައީސް އޮފީހާއި ގުޅޭގޮތުން ކަމަށެވެ.

އައިކޮމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރު ފެށިގެން އެޕްރީލް މަހާއި ހަމައަށް އެ ކޮމިޝަނަށް ހުށަހެޅުނު 149 މައްސަލާގެ ތެރެއިން 31 މައްސަލަ ހުށަހަޅާފައިވަނީ ރައީސް އޮފީހާ ދެކޮޅަށެވެ. މީގެ ތެރޭގައި ގިނައީ މައުލޫމާތު ނުދިނުމާއި ސިއްރުކުރުމުގެ މައްސަލަތަކެވެ.

މި ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ދިވެހި ނޫސްވެރިކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކާކުކަން ނޭނގޭހެން ސޯޝަލް މީޑިއާގައި ނޫސްވެރިންނާއި މީޑިއާތަކަށް މި ފަހުން ދޭން ފެށި އިންޒާރުތަކެވެ.

އެގޮތުން މި ފަހަރުގެ ފުރަތަމަ އިންޒާރެއް ކުރިމަތިވީ މީގެ 11 އަހަރު ކުރިން، ޕީޕީއެމް / ޕީއެންސީގެ ފުރަތަމަ ސަރުކާރު އޮތް ދުވަސްވަރު، ހުޅުޖެހި 'ރާއްޖެ ޓީވީ' އަށެވެ.

އޭގެ ފަހުން، ރާއްޖެ ޓީވީއަށް އިންޒާރުދިން ހަބަރު ގެނެސްދިނުމުން ޓީވީ ސްޓޭޝަން 'ޗެނަލް 13' އަށްވެސް ވަނީ އިންޒާރު ދީފަ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެގެން ރިޔާސީ ކެމްޕޭނުގައި، ނޫސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށާއި ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް މި ސަރުކާރަށް ފަސް މަސް ވީއިރު ފެންނަ މަންޒަރުތައް މުޅިން ތަފާތެވެ.

ކުރިމަގަށް ފެންނަން އޮތް ރާއްޖޭގެ ނޫސްވެރިކަން ފެނިގެން ދަނީ ވަންހަނާ ސިޔާސަތުތަކާއި އެކު ނުތަނަވަސް ކަމެއްގެ ތެރޭގައި އޮތް ނޫސްވެރިކަމެއްގެ ގޮތުގައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.