މާފުށީގައި ޑޮލަރު އެޓީއެމްގެ ޚިދުމަތް ފެށުން / ފޮޓޯ: ބީއެމްއެލް

މޭލެއިން ބޭރުގައި ބެހެއްޓި އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް މެސިން ކ. މާފުއްޓަށް

އަންގާރަ 11 ޖޫން 2024 | އަހުމަދު ދާއޫދު

މާލެއިން ބޭރުގައި ގާއިމްކުރި ފުރަތަމަ ޑޮލަރު އޭޓީއެމް މެޝިން މާފުށީގައި ބަހައްޓައިފި އެވެ.

Advertisement


މާލެއިން ބޭރުގައި ގާއިމްކުރި ފުރަތަމަ ޑޮލަރު އޭޓީއެމް މެޝިން މާފުށީގައި ބެހެއްޓި އިރު އެރަށަކީ ލޯކަލް ޓޫރިޒަމްގައި ރާއްޖޭގެ އެއްވަނަ އެވެ. ރާއްޖޭގައި އާއްމުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ގެސްޓްހައުސް އާއި އެނދު ހުރި ރަށަކީވެސް މާފުއްޓެވެ.

މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭޓީއެމް މެޝިން ބަހައްޓާ މިހާރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ޚިދުމަތް ލިބެން ފެށި ފުރަތަމަ ފަހަރެވެ.

މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެއްވަން ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ކ.ގުރައިދޫގައި އޮތް ކެމްޕެއިން އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ. ޑޮލަރުގެ މުޢާމަލާތްތައް އެންމެ ފުޅާކޮށް ރާއްޖޭގައި ހިނގާ އެއްރަށަކީ މާފުށިކަން ފާހަގަކުރައްވައި އެރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކަށް މާފުށި ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.