ސިޑްސް މަހާސިންތާގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ރަައީސް / ފޮޓޯ:ރައީސް އޮފީސް

ސިޑްސް ކޮންފަރެންސަށް 3.8 މިލިއަން ރުފިޔާ ޚަރަދުވި- ރައީސް އޮފީސް

ހޮނިހިރު 15 ޖޫން 2024 | އަހުމަދު ދާއޫދު

ސިޑްސް ކޮންފަރެންސްގައި ބައިވެރިވުމަށް 3.8 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

Advertisement


މިދިޔަ މަހު އެންޓީގާ އެންޑް ބާބިއުޑާގައި އޮތް ކޮންފަރެންސަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި ތިން ވަޒީރުން ހިމެނިވަޑައިގަންނަވާހެން 16 ބޭފުޅުން ވަޑައިގެންނެވިއެވެ. 16 ބޭފުޅުންގެ ޚަރަދަށް 3.8 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.

އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދަތުރުގެ އެއަރ ޓިކެޓަށެވެ. ޓިކެޓަށް 2.6 މިލިއަން ރުފިޔާ ޚަރަދުކުރެއްވިއެވެ. އެކޮމަޑޭޝަނަށް ޚަރަދު ކުރީ ހަ ލައްކަ ރުފިޔާއެވެ. އަދި ދަތުރުފަތުރުގެ ޚަރަދަށް 271,000 ރުފިޔާ ޚަރަދު ކުރެއްވި ކަމަށް ރައީސް އޮފީހުން ހިއްސާކުރެއްވި މައުލޫމަތުގައި ވެއެވެ. 16 ބޭފުޅުންގެ ޕޮކެޓް މަނީގެ ގޮތުގައި ވަނީ 141,000 ރުފިޔާ ޚަރަދު ކުރައްވާފައެވެ. ފަރިއްކޮޅަށް ޚަރަދު ކޮށްފައިވަނީ 164,000 ރުފިޔާ އެވެ. ދިގު ދަތުރެއް ކަމުން ސްޓޮޕް އޯވާއާއި އިންސިޑެންޓްގެ ގޮތުގައި 23000 ރުފިޔާ ވަނީ ޚަރަދު ކުރައްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި ސިޑްސްގެ މިފަހަރު މަހާސިންތާއަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި އަދި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ ސަފުގައި ރާއްޖެ އަދާ ކުރާ ދައުރު އިތުރަށް ހަރުދަނާވެ، ރާއްޖެއަށް ގައުމުތަކުން ކުރާ އިތުބާރު އިތުރުވެގެން ދިޔަ މަހާސިންތާއެކެވެ.

އަދި ސިޑްސްގެ މިފަހަރުގެ މަހާސިންތާގައި ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަމާއި އެއްބާރުލުމާއި، ތިމާވެށި ހިމާޔަތް ކުރުމަށް ބޭނުންވާ އެހީތެރިކަމާއި، ރާއްޖޭގެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ބޭނުންވާ އެހީތެރިކަމާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ރާއްޖެއަށް ލިބޭ އެއްބާރުލުމާއި އެހީތެރިކަން އިތުރުވާނެކަމުގެ ޔަގީންކަން ލިބުން ފަދަ އެތައް ކަމެއް ހާސިލްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.