ވެހޯސްޓް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ފަހު ވަގުތު ނެދަލެންޑްސް މޮޅު ކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ވެހޯސްޓް

އާދީއްތަ 16 ޖޫން 2024 | އަހުމަދު ދާއޫދު

ނެދަލެންޑްސްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ވަގުތު ކުޅެން އަރައި ވައުޓް ވެހޯސްޓް ޖަހައިދިން ގޯލުން 2-1 އިން ޕޮލެންޑް ބަލިކޮށްފި އެވެ.

Advertisement


2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ވެހޯސްޓް ވަނީ އެ ފަހަރު ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ކޮޅަށް ދެ ގޯލު ޖަހައި އެޓީމު ހާސް ކޮށްލައިފައެވެ.

މިރޭކުޅެވުނު މެޗުގައި ވެހޯސްޓް ވަނީ ކުޅެން ނިކުމެ އޭނާގެ ފައިގައި ޖެހުނު ފުރަތަމަ ބޯޅައިން ގޯލެއް ޖަހާފައެވެ. މި ގޯލަކީ ނޭތަން އަކީ ދިން ޕާހަކުން 83 ވަނަ މިނިޓުގައި ގައި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.

މެޗުގެ 16 ވަނަ މިނިޓުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޕޮލެންޑުންނެވެ. ޕިއޮޓްރެ ޒިއެލެންސްކީ ނެގި ކޯނަރަކުން އެޓީމަށް ގޯލު ޖަހައިދިނީ އެޑަމް ބުސްކާ އެވެ. ނަމަވެސް އޭގެ 15 މިނިޓު ފަހުން ކޯޑީ ގަކްޕޯ ވަނީ ނެދަލެންޑްސް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ޕޮލެންޑުގެ ކެޕްޓަން އަދި އެންމެ ނުރައްކާތެރި ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް އަނިޔާ ވެގެން މި މެޗުގައި ކުޅެފައި ނުވާއިރު، ދެވަނަ ހާފުގައި އެޓީމުން އަލުން ލީޑު ނަގަން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ގޯލެއް ޖެހިފައެއް ނުވެއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.