މުޙައްމަދު ޒަކީ

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޒަކީ ނިޔާވުމާއި ގުޅިގެން ރައީސް ތައުޒިޔާ ދަންނަވައިފި

ހޯމަ 17 ޖޫން 2024 | އަހުމަދު ދާއޫދު

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައ ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މުޙައްމަދު ޒަކީ ނިޔާވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

Advertisement


މުޙައްމަދު ޒަކީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 މާރިޗު 1973 ގައެވެ. 28 އޮކްޓޫބަރު 2020 ގައި އުމުރުން 65 އަހަރުވެގެން، ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓިންގ ސުޕަވައިޒަރެއްގެ މަގާމުގައެވެ. އެންމެ ގިނަދުވަހު މަސައްކަތްކުރެއްވީ ޗާޕާ ބެހޭ މަސައްކަތެވެ. އަދި އިމްތިހާނު ކަރުދާސްތައް ރަށްރަށާއި ސެންޓަރުތަކަށް ފޮނުވުމުގައިވެސް ޒަކީވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ދިވެހި ރާއްޖޭގައި ކުރިއަށް ގެންދެވޭ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނު ޕޭޕަރ ޗާޕުކޮށް ރަށް ރަށަށް ފޯރުކޮށް ދިނުމުގައި ޒަކީ ވަނީ ފާހަގަކޮށްލެވޭ ފަދަ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

ޒަކީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލްމަރުޙޫމް މުޙައްމަދު ޒަކީއަށް ﷲ ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާކަމަށެވެ. އަދި މަރުޙޫމް މުޙައްމަދު ޒަކީގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ.

ޒަކީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްވެސް ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޒަކީ ނިޔާވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި އާއެކުކަމަށެވެ. އަދި ޒަކީގެ ފުރާނަފުޅަށް ރަޙްމަތްލެއްވުން އެދި ވަނީ ދުޢާކުރައްވާފައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.