މާލެއިން މިއަދު ފެނުނު ހަރުފަ

މާލެއިން ފެނުނު ބޮޑު ހަރުފައެއް ސިފައިން ހިފައިފި

ހޯމަ 17 ޖޫން 2024 | އަހުމަދު ދާއޫދު

މާލެއިން ފެނުނު ބޮޑު ހަރުފަ ސިފައިން ހިފައިފިއެވެ.

Advertisement


މި ހަރުފަ ފެނިފައިވަނީ މާފަންނު ތިލާކޮޅުގޯޅިން ކަމަށާ އެ ހަރުފަ މިހާރު ހިފާފައިވާ ކަމަށް ސިފައިން ބުނެއެވެ.

އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ސިފައިން ބުންޏެވެ.

ފެނުނީ ކޮން ވައްތަރެއްގެ ހަރުފައެއް ކަމެއް ނުވަތަ އޭގެ ބޮޑުމިން ސިފައިން ހާމަކޮށްފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެއީ ޕައިތަން އާއިލާގެ ގާތް ގަނޑަކަށް 4-5 ފޫޓްގެ ހަރުފައެއް ކަމަށް ފެންނަ ފެނުމަށް ލަފާކުރެވެއެވެ.

މާލެއިން ދޭތެރެ ދޭތެރެއިން މަދުން ނަމަވެސް ހަރުފަތައް ފެނެއެވެ. އެގޮތުން މި ދިޔަ ފެބްރުވަރީ މަހުގެ 17 ވަނަ ދުވަހު ވެސް މާލެއިން ޕައިތަން ބާވަތުގެ ހަރުފައެއް ވަނީ ފެނިފައެވެ. އެ ހަރުފަ ފެނިފައިވަނީ ރާއްޖެއަށް ލަކުޑި އެތެރެކުރާ ޓިމްބާ ހައުސްގެ ގުދަނަކުންނެވެ.

އެހަރުފަވެސް ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.