މިސަރުކާރުގައި ތިބި ސިޔާސީ މީހުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވޭ / ފޮޓޯ:ރައީސް އޮފީސް

ހަރަދު ކުޑަ ކުރަން ކަމަށް ބުނެ ނިކަމެތި ރައްޔިތު މީހާ ހާލުގައި ޖައްސަނީ

ބުރާސްފަތި 04 ޖުލައި 2024 | އަހުމަދު ދާއޫދު

މި ސަރުކާރު އުފެދިގެން އައީ ޚަރަދު ކުޑަ ކުރުމުގެ ވަޢުދުތަކާއެކުގައެވެ. ރައްޔިތުންނަށް އެންމެ ބޮޑަށް ވިއްކި އެއްޗަކީވެސް އެއީއެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ މުޅިން އެހެން މަންޒަރެކެވެ. ވެރިކަމަށް އައުމަށްޓަކައި ދެއްކެވި ވާހަކަތަކާއި، ވެރިކަމަށް ވަޑައިގެން ޢަމަލު ކުރައްވަމުން ގެންދަވާ ގޮތް ވަރަށް ބޮޑަށް ތަފާތެވެ.

Advertisement


ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ބަދަލުގައި، އިންތިހާއަށް ސިޔާސީ މަޤާމުތަކަށް މީހުން ޢައްޔަން ކުރުމުގެ ނަތީޖާއަކަށްވީ ސަރުކާރު ހިންގުމުގެ ޚަރަދު ބޮޑުތަނުން މަތިވެގެން ދިޔުމެވެ. 700 އަށްވުރެ ސިޔާސީ މަޤާމުތަކުގެ އަދަދު މަތި ނުވާނެ ކަމަށް ވަޢުދުވެފައި އޮތް ނަމަވެސް، މިހާތަނަށް އެނގެން އޮތް ގޮތުގައި އެ އަދަދު ހުރީ 2000 އަށްވުރެ މަތީގައެވެ.

މީގެ އިތުރުން، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުދާކަން ފާހަގަކުރެވެއެވެ. ރަށްރަށުގައި ކުރިން ފަށާފައިވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވެސް މިހާރު އެހުރީ ހުއްޓިފައެވެ. ރަށް ރަށުގައި ކުރިން ފަށާފައިވާ އުމުރުރާނީ ތަރައްޤީގެ މަޝްރޫއުތައް ވެސް މިހާރު އެ ހުރީ ހުއްޓިފަ އެވެ. ރަށް ރަށުގައި މަސައްކަތް ކުރަން ގެންގޮސްފައިވާ ހައިމާކުގެ ދަތް ގަނޑު ގުޑުވާލާނެ ހިތްވަރު ވެސް މި ސަރުކާރުގައި ނެތެވެ. އެ ވާހަކަ ދައްކަނީ ވެސް މި ސަރުކާރު ގެންނަން މަސައްކަތް ކުރި މީހުންނާއި، ރަށް ރަށުގެ އާންމު ރައްޔިތުންނެވެ.

ޓެކްސް ބޮޑު ނުކުރާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ވިދާޅުވި ނަމަވެސް، ވެރިކަމަށް އައިސް ނިންމީ ޓެކްސް ބޮޑު ކުރުމަށެވެ. މުދަލުގެ އަގު އުފުލިގެންދާއިރު، އާންމު ޚިދުމަތްތަކުގެ އަގުވެސް އުފުލިގެންދާނެއެވެ. އެގޮތުން ގްރީން ޓެކްސް ރޭޓު ބޮޑު ކުރުމާއި، ޖީއެސްޓީ ނަގާ މުދާ އިތުރު ކުރުމާއި، އިމްޕޯޓު ޑިއުޓީގެ ރޭޓުތައް ބޮޑު ކުރުމުގެ އިތުރުން، ޓެލެކޮމް ޚިދުމަތް ދެމުން އަންނަ ފަރާތްތަކުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ބޮޑު ކުރަން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ. މިކަންކަމުގެ ސަބަބުން، އާންމު ރައްޔިތުންގެ އަތުން ކުރަން ޖެހޭ ޚަރަދުތައް ވެސް އިތުރު ވެގެން ދާނެ އެވެ.

މިކަމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނީ ނިކަމެތި ރައްޔިތުންނަށެވެ. އެހެންކަމުން، ސަރުކާރުން ކުރަންވީ ކަމަކީ ސަރުކާރުގެ ޚަރަދު ކުޑަކޮށް، ސިޔާސީ މަޤާމުތަކުގެ އަދަދު ދަށްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. ނިކަމެތި ރައްޔިތު މީހާ އިތުރަށް ނިކަމެތި ނުކޮސް ދައުލަތުގެ ޚަރަދުތައް ހަމަ އެކަނި ދަޢުލަތުން ހަމައަކަށް އެޅުވޭތޯ ބަލަންވީއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.