ނެދަލެންޑްސް އިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ނެދަލެންޑްސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފި

އާދީއްތަ 07 ޖުލައި 2024 | އަހުމަދު ދާއޫދު

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ނެދަލެންޑްސް އިން ހޯދައިފި އެވެ. ރޭ ކުޅެވުނު ކްއާޓަރ ފައިނަލް މެޗުގައި ތުރުކީ އާ ކުރިމަތިލައި، 2-1 ގެ ނަތީޖާއަކުން ނެދަލެންޑްސް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

Advertisement


މެޗުގެ ފުރަތަމަ ލަނޑު ޖަހައި ތުރުކީ އަށް ކުރި ހޯދައިދިނީ ފުރަތަމަ ހާފުގައި ޑިފެންޑަރު ސަމެތް އަކައިދިން އެވެ. ނަމަވެސް ދެވަނަ ހާފުގައި ނެދަލެންޑްސް އިން ވަނީ ނަތީޖާ ހަމަހަމަކޮށް، އަދި މެޗުން މޮޅުވެސް ވެފައެވެ. ނެދަލެންޑްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިފެންޑަރު ސްޓެފަން ޑި ވްރިޖް އެވެ. އަދި ތުރުކީގެ ޑިފެންޑަރު މާޓް މުލްޑާ އަތުން ބައިކޮޅަށް ވަން ގޯލަކުން ނެދަލެންޑްސް މޮޅުވިއެވެ.

މެޗުގެ ފަހު މިނެޓުތަކުގައި ތުރުކީ އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން، މެޗު ނިމުނީ ނެދަލެންޑްސް މެޗް ކާމިޔާބު ކޮށްގެންނެވެ.

މި ކާމިޔާބީއާ އެކު ނެދަލެންޑްސް ވަނީ 20 އަހަރަށް ފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. ސެމީފައިނަލްގައި ނެދަލެންޑްސް އިން ވާދަކުރާނީ އިންގްލެންޑާ ދެކޮޅަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.