އެމްއެމްޕީއާރުސީގެ ބޯޑަށް އައްޔަންކުރި މެމްބަރުން / ފޮޓޯ:އެމްއެމްޕީއާރުސީ

އަނެއްކާވެސް އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މެމްބަރުން އައްޔަންކޮށްފި

އާދީއްތަ 07 ޖުލައި 2024 | އަހުމަދު ދާއޫދު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޯޑަށް ދެ މެމްބަރުން އައްޔަން ކޮށްފިއެވެ.

Advertisement


އެމްއެމްޕީއާރުސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ބޯޑަށް އަލަށް އައްޔަންކުރެއްވި މެމްބަރުންނަކީ އަބްދުލް ސަމީއު އިމާދާއި އައިޝަތު ހަމީދެވެ. މި ދެ މެމްބަރުން އައްޔަން ކުރެއްވުމާއެކު އެމްއެމްޕީއާރުސީގެ ބޯޑަށް އައު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ކުންފުނީގެ ބޯޑަށް އިތުރު ދެ މެމްބަރުން އައްޔަންކޮށްފައި މިވަނީ ދާދި ފަހުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ. މީގެ ކުރިން މި މަޤާމުގައި ހުންނެވި ފާތިމަތު ތައުފީގު މެއި 22 ވަނަ ދުވަހު ވަނީ މަޤާމުން ވަކި ކުރައްވާފައެވެ.

އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ޓޫރިޒަމް ބައިނަލްއަޤްވާމީ މާކެޓުގައި ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. ފާއިތުވި ދުވަސްތަކުގައި މި ކުންފުނީގެ ޗެއަރޕާސަން ނޫރައިން ޖަނާހު އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލުކުރެއްވި މެންބަރު ރާފިލް ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިފަހަކަށް އައިސް އެމްއެމްޕީ އާރުސީ ފާހަގަ ކުރެވިގެން ދަނީ އަބަދުވެސް ކޮންމެވެސް ކަހަލަ މައްސަލަ ގަނޑެއްގެ ތެރޭގައި އޮންނަ ކުންފުންޏެއްގެ ގޮތުގައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.