ރީކޯ މޫސާ މަނިކު

ރީކޯ މޫސަގެ ހުށަހެޅުން އެމްޑީޕީން ބަލައިނުގަތުމުން ކަންބޮޑުވުން ފާޅުކުރައްވައިފި

ހޯމަ 08 ޖުލައި 2024 | އަހުމަދު ދާއޫދު

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސާ) އަންނަ އޮގަސްޓު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަނުގައި ވާދަކުރުމަށް ހުށަހެޅުއްވި ހުށަހެޅުން އެމްޑީޕީން ބަލައިނުގަތުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Advertisement


މޫސާ މަނިކު ހުށަހަޅުއްވާފައިވަނީ ބައި-އިލެކްޝަންގެ މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވުމަށެވެ. ނަމަވެސް އެ ހުށަހެޅުން ބަލައިނުގަތުމާ ގުޅިގެން، މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައި އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ކީކޭ ދެން ބުނާނީ؟ އެމްޑީޕީ ލީޑަޝިޕުން އަޅުގަނޑަށް މިހާވަރެއް ކުރަން މިޖެހެނީ ކޮންސަބަބަކާހުރެތޯ؟ އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ކުޑަވެސް ފުރުސަތެއް ނެތް،" މޫސާ މަނިކު ވިދާޅުވި އެވެ.

މޫސާގެ ހުށަހެޅުން ބަލައިނުގަތް ކަން އެމްޑީޕީން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރު މޫސާ މަނިކު ޕާޓީގެ ވިޕްލައިނާ ޚިލާފުވެގެން ކަނޑާލި މައްސަލައިގައި ނިންމާފައިވާ ގޮތުން، އަލުން ޕާޓީއަށް ވަދެވަޑައިގަތުމަށްފަހު ފަސް އަހަރު ވަންދެން ޕާޓީގެ އެއްވެސް މަޤާމަކަށް ވާދައެއް ނުކުރެވޭނެ އެވެ.

"އެ މައްސަލަ އޭރު މޫސަ ހުށަހެޅި ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށްވެސް. އޭރު އެ މަޖިލީހުން ވެސް ނިންމާފައި އޮތީ އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.