ދިވެހި ފުލުހުންގެ އިދާރާ

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި

އަންގާރަ 09 ޖުލައި 2024 | އަހުމަދު ދާއޫދު

މާލޭގައި ގްރޫޕަކުން މީހަކު ރަހީނުކުރުމަށްފަހު އެ މީހާގެ އިނގިއްޔެއް ބުރިކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިއްޖެއެވެ. މި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެއެވެ.

Advertisement


ހައްޔަރުކުރެވުނު މީހުންނަކީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި، 21 އަހަރުގެ ދިވެހި ފިރިހެނަކާއި، 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުތަކުގައިވާ ގޮތުން، ޝަރީއަތް ނިމެންދެން މި ތިން މީހުން ވެސް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މި ތިން މީހުންނަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މީހެއްގެ ގައިގައި ޖެހުމާއި، ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހައްޓައިގެން ގެންގުޅުން ހިމެނެއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި ހައްޔަރުކުރެވުނު އެކަކީ އަނިޔާ ލިބުނު މީހާއާ އެއް ތަނެއްގައި މަސައްކަތްކުރާ މީހެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ޝަރީއަތަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ ސްނެޕްޝޮޓްތަކަކާއި، އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯއަކާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ހިމެނެއެވެ.

ތުހުމަތުކުރެވޭ މީހުން ކޯޓުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ އިނގިއްޔަށް ލިބުނު އަނިޔާއަކީ ޕަވަޓޫލެއް ބޭނުންކުރަނިކޮށް ލިބުނު އަނިޔާއެއް ކަމަށެވެ. ނަމަވެސް ކޯޓު އަމުރުތަކުގައިވާ ގޮތުން އަނިޔާ ލިބުނު މީހާގެ އިނގިއްޔެއް ވަނީ ބުރިކޮށްލާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.