ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު / ފޮޓޯ:މަޖިލިސް

ސަރުކާރުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

އަންގާރަ 09 ޖުލައި 2024 | އަހުމަދު ދާއޫދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމާ ގުޅޭގޮތުން ހުށަހެޅުނު ކުއްލި މައްސަލައެއް މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

Advertisement


މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، ސިޔާސީ މަޤާމުތަކަށާއި ސަރުކާރުގެ ކުންފުނިތަކަށް ހައްދެއްނެތި މުވައްޒަފުން އިތުރުކުރަމުންދާ ކަމަށެވެ.

މި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. އަދި މައްސަލަ ބޭރުކޮށްލުމަށް 57 މެންބަރުން ވޯޓު ދެއްވިއެވެ.

މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަޤާމުތައް މަދުކޮށް ޚަރަދު ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، އެކަން އެގޮތަށް ނުކުރައްވާ ކަމަށެވެ. އަދި ސިޔާސީ މަޤާމުތަކުގެ އަދަދު 700 އަށްވުރެ އިތުރުނުވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާވެސް ރައީސުލްޖުމްހޫރިއްޔާ ޚިލާފުވަމުންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މީގެއިތުރުން، ޚަރަދު ކުޑަކުރުމުގެ ނަމުގައި ވަޒީފާއިން ވަކިކުރަމުންދަނީ އާދައިގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ކަމަށާއި، އެހެންނަމަވެސް ބޮޑެތި މުސާރައިގައި ސިޔާސީ މަޤާމުތަކަށާއި ކޮންސަލްޓަންޓުންގެ ގޮތުގައި މީހުން އައްޔަންކުރަމުންދާ ކަމަށްވެސް މައުރޫފް ފާހަގަކުރެއްވިއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.