އެމްޑީޕީގެ ޖަލްސާގައި ޤުރުއާން ކިޔަވައިގެން ވަޒީފާއިން ވަކިކުރި ޒުވާނާ / ފޮޓޯ:އެމްޑީޕީ

ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި

އަންގާރަ 09 ޖުލައި 2024 | އަހުމަދު ދާއޫދު

އެމްޑީޕީގެ ޖަލްސާއެއްގައި ޤުރުއާން ކިޔެވި ޒުވާނަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން މިހާރު މިއޮތް ޑރ.މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

Advertisement


މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަނޑިކޮށި ހަރުގޭގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ޤުރުއާން ކިޔެވި ޒުވާނާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ އެ ޒުވާނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެމްޑީޕީގެ ޖަލްސާގައި ޤުރުއާން ކިޔެވުމުގެ ސަބަބުން ކަމަށެވެ. އެމްޑީޕީން މި މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ޒުވާނާ ވަޒީފާއިން ވަކިކުރުމަކީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ.

އެމްޑީޕީން އިތުރަށް ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއް ކަމަށެވެ. އަދި މި ހައްޤު ބޭނުންކުރުމަށް އެއްވެސް ބާވަތެއްގެ ބިރުދެއްކުމެއް ނުވަތަ ފިޔަވަޅު އެޅުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީން ހަނދާންކޮށްދީފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭނުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތުން، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ނުވަތަ ތާއީދުކުރާތީ ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ. އެމްޑީޕީން ރައީސް މުޢިއްޒުގެ މި އުސޫލާ ޚިލާފު ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

މި މައްސަލާގައި އެޗްޑީސީން ބުނެފައިވަނީ އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއަށް ފަރުވާކުޑަކުރުމުގެ ސަބަބުން ކަމަށެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.