އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު / ފޮޓޯ:އެމްޑީޕީ

މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަށް ފުރުސަތު ނުދޭކަމަށް ޝާހިދު ވިދާޅުވެއްޖެ

އަންގާރަ 09 ޖުލައި 2024 | އަހުމަދު ދާއޫދު

މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަށް ފުރުސަތު ނުދޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

Advertisement


ޝާހިދު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލާ މަޖިލިހުގެ އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ.

މައުރޫފް ހުށަހެޅުއްވި މި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ތާއީދު ކުރެއްވީ އެންމެ 12 މެންބަރުންނެވެ. ހާޒިރުވެވަޑައިގެން ތިއްބެވި 70 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓާއެކު މި މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފައެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއްނެތި މުވައްޒަފުން އިތުރުކޮށް ސަރުކާރުގެ ކުންފުނިތަކުގެ އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަން ހުއްޓުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅުއްވި ކުއްލި މައްސަލަވެސް މިއަދު މަޖިލީހުން ބޭރުކޮށްލައިފި. ރައްޔިތުންގެ އަޑު މިހާރު މަޖިލީހުގައި އިވުނަކަ ނުދޭ!" ކަމަށެވެ.

މި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން ޝާހިދު ފާޅުކުރެއްވި ކަންބޮޑުވުމުން، މަޖިލީހުގައި ރައްޔިތުންގެ މަސްލަހަތު ކުރިއަރުވަން ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.