އިޓަލީގެ މަޖިލީހުގެ ނައިބު ރައީސް އާއި ވަޒީރު ޝިޔާމް ބައްދަލުކުރެއްވުން

މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް އިޓަލީގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

ބުދަ 10 ޖުލައި 2024 | އަހުމަދު ދާއޫދު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް އިޓަލީގެ މަޖިލީހުގެ ނައިބު ރައީސް ޖިއަންމާރްކޯ ސެންޓިނައިން އާއި ބައްދަލުކުރައްވައިފިއެވެ.

Advertisement


މި ބައްދަލުވުން ބޭއްވުނީ އެފްއޭއޯގެ ކޮމެޓީ އޮން ފިޝަރީޒްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޝިޔާމް އިޓަލީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ރާއްޖެއާއި އިޓަލީގެ ދެމެދުގައި އޮތް ގާތް އަދި ވަރުގަދަ ހާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ރަނގަޅުކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތައް އިޓަލީގެ ސެނެޓްގެ ނައިބު ރައީސްއާ ވަޒީރު ޝިޔާމް ހިއްސާކުރެއްވިއެވެ. އަދި މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގައި ނަގަމުންދާ ޑިއުޓީ ކަނޑާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ހިއްސާކުރެއްވިއެވެ.

ވަޒީރު ޝިޔާމްގެ މި ދަތުރުފުޅަކީ މިމަހުގެ 7 އިން 13 އަށް އިޓަލީވިލާތަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) ގެ ކޮމިޓީ އޮން ފިޝަރީޒްގެ 36 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.