ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ވަަރަށް ގިނައެވެ. / ފޮޓޯ:އިމިގުރޭޝަން

ފުލުހުންނާއި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުން 15 ބިދޭސީން ހައްޔަރުކޮށްފި

ބުދަ 10 ޖުލައި 2024 | އަހުމަދު ދާއޫދު

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީންނާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނުގެ ދަށުން، ފާއިތުވި ދެ ދުވަހުގެ ތެރޭގައި 15 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

Advertisement


މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަނުގެ ދަށުން ޖުލައި 8 އަދި 9 ވަނަ ދުވަހު މާލެއާއި ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ 7 ތަނަކަށް ރެއިޑްކޮށްފައިވެއެވެ. މިގޮތުން ބަލައި ފާސްކުރެވުނު ތަންތަނުގެ ތެރޭގައި ޓޭކްއަވޭ ކޮފީޝޮޕްތަކާއި ރީޓެއިލް ވިޔަފާރިކުރާ ތަންތަން ހިމެނެއެވެ.

ޖުލައި 8 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނުގައި 3 ތަނަކުން 9 ބިދޭސީއަކު ހައްޔަރުކުރެވުނު އިރު، ޖުލައި 9 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނުގައި 4 ތަނަކުން 6 ބިދޭސީއަކު ހައްޔަރުކުރެވުނެވެ. ހައްޔަރުކުރެވުނު ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދެވޭ ބިދޭސީން ޑީޕޯޓްކުރެވޭނެއެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވެފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި ވިޔަފާރިކުރާ ދިވެހިންނަށްވެސް ފިޔަވަޅު އެޅޭނެ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. މި އޮޕަރޭޝަނަކީވެސް އެފަދަ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.