ރައީސް ޗައިނާގެ ސަފީރާއި ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާގެ ސަފީރާ ބައްދަލުކުރައްވައިފި

ބުދަ 10 ޖުލައި 2024 | އަހުމަދު ދާއޫދު

ރައީސް މުޙައްމަދު މުޢިއްޒު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Advertisement


މި ބައްދަލުވުމުގައި ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާ ކަންތައްތައް ރައީސްގެ އަރިހުން ސަފީރު އޮޅުންފިލުއްވިއެވެ. އަދި މި ކަންތައްތައް ކޮށްދިނުމަށް ޗައިނާ ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.

މީގެއިތުރުން، ޗައިނާގެ ރައީސް ރާއްޖެއާ މެދު ބަހައްޓަވާ ޚާއްޞަ ގާތްކަމާއި ދެއްވާ އަހައްމިއްޔަތުކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ރައީސް މުޢިއްޒު ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކޮށް އެއްބަސްވެ ވަޑައިގެންނެވި ކަންތައްތައް ތަންފީޒުކޮށް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.