އެސްޓޯއޯއިން އަލަސް ތަޢާރަފުކުރި މެޝޮނެއް / ފޮޓޯ:އެސްޓީއޯ

އަވަސް ނަތީޖާ ދޭ ލެބް އިކުއިޕްމެންޓް އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފުކޮށްފި

ހުކުރު 26 ޖުލައި 2024 | އަހުމަދު ދާއޫދު

އެސްޓީއޯ މެޑިކަލް ސާވިސަސްއިން ރާއްޖެއަށް އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް ތަޢާރަފުކޮށްފިއެވެ. މި އާ އިކުއިޕްމެންޓްތައް ލޯންޗްކޮށްދެއްވީ އަންގާރަ ދުވަހުގެ ރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވުނު ހަފްލާއެއްގައި ސިއްޙަތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ އާމިނަތު ޝިރުނާއެވެ.

Advertisement


އަލަށް ތަޢާރަފުކުރެވުނު އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އޮފް ކެއަރ ޓެސްޓުތައް ހެދޭނެއެވެ. މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުން ފެށިގެން ކްލިނިކްތަކާ ހަމައަށް ވަރަށް ބޭނުންތެރި، ފަސޭހަ، އަވަސް އަދި އިތުބާރުކުރެވޭ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެކެވެ. އެސްޓީއޯއިން ފާހަގަކުރިގޮތުގައި މި އިކުއިޕްމެންޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެކެވެ.

މި ހަފްލާގައި މިނިސްޓްރީ އޮފް ހެލްތް، އެޗްޕީއޭ އަދި އެހެނިހެން މައި ސިއްޙީ އިދާރާތަކުންނާއި ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން ބައިވެރިވި ފަރާތްތަކަށް އަލަށް ތަޢާރަފުކުރެވުނު ވަސީލަތްތައް ދައްކާލައި، އަދި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

އަލަށް ތަޢާރަފުކުރެވުނު ލެބް އިކުއިޕްމެންޓްތަކުގެ ތެރޭގައި އެފް-200 އަދި އެފް-2400 ހިމެނެއެވެ. މި އިކުއިޕްމެންޓްތަކުން ތައިރޮއިޑް ޕްރޮފައިލް، ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް، ޑެންގީ، ގޮހޮރުގެ ބަލިތައް، ވިޓަމިން ޑީ، ބީޓާ އެޗްސީޖީ އަދި އިންފްލެމޭޝަން މާކަރސްފަދަ ޓެސްޓުތައް ހެދޭނެއެވެ. މީގެ އިތުރުން ޓީބީ، ފުއްޕާމޭގެ ބަލިތައް، އެސްޓީއައި އަދި އެޗްޕީވީ ފަދަ ޓެސްޓުތައްވެސް ހެދޭނެއެވެ.

އެސްޑީ ބަޔޯސެންސަރއަކީ ސައުތު ކޮރެއާއަށް ނިސްބަތްވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ޑައިގްނޯސްޓިކް ވަސީލަތްތައް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. މިގޮތުން މި ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްޙީ ދާއިރާގައި ބޭނުންކުރެވޭ ކޮލިޓީ ރަނގަޅު، އިތުބާރުހިފޭ މޮޅު އުފެއްދުންތަކެކެވެ.

އެސްޓީއޯއިން މި ފަދަ ޒަމާނީ އަދި ފެންވަރު ރަނގަޅު އިކުއިޕްމެންޓްތައް ރާއްޖެއަށް ތަޢާރަފުކުރުމަކީ ޤައުމުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.