އޭޑީކޭ ނާޝިދު ރައީސް ޞާލިހުއާ ސަލާމްކުރައްވަނީ

އޭޑީކޭ ނާޝިދުގެ ތާއީދު ރައީސް ޞާލިހަށް!

ހުކުރު 07 އޭޕްރީލް 2023 | އައުޓްރީޗް

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދުކުރައްވާކަން އިއުލާންކުރައްވައިފިއެވެ.

Advertisement


އޭޑީކޭ ހޮސްޕިޓަލްގެ ވެރިޔާ ދެވަނަ ދައުރަކަށް ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން އިއުލާންކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އޭރުވެސް މިހާރުވެސް ރައީސް ޞާލިހު ކަމަށެވެ. ރިސޯރޓް ވިޔަފާރީގައިވެސް ފުޅާދާއިރާއެއްގައި މަސައްކަތްކުރައްވާ އޭޑީކޭ ނާޝިދު ރައީސް ޞާލިހުއަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ އެމނިކުފާނާ ސަލާމްކުރައްވާ ފޮޓޯއަކާއެކުއެވެ. ނާޝިދު ވަނީ ދާދިފަހުން އަމިއްލަ ރިސޯރޓެއްވެސް ހުޅުވާފައެވެ.

ނާޝިދަކީ ރައީސް ޞާލިހާއެކު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރެއްވި ކުރީގެ މެންބަރެކެވެ. ނާޝިދުގެ ކުރިން މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު މޫސާ (އުއްޗު)ވެސް ވަނީ ރައީސް ޞާލިހަަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އުއްޗު އެކަން ހާމަކުރެއްވީ "އިބޫ23" ޖަހާފައިވާ ޖަރޒީއެއް ހަދިޔާކުރައްވަމުންނެވެ.

ރައީސް ޞާލިހު އެމްޑީޕީގެ ޓިކެޓްގައި ދެވަނަ ދައުރަކަށް ވާދަކުރައްވަނީ އަދާލަތު ޕާޓީއާއި، އެމްޑީއޭއާ އެކުއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.