ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ބޮމުގެ ހަމަލާ

ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ބުދަ 30 ޖޫން 2021 | އުލާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ހަމަލާގެ ތުހުމަތުގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

Advertisement


މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދީފައިވާ ބޮމުގެ ހަމަލާގައި މިހާތަނަށް ފުލުހުން ހައްޔަރު ކޮށްފައިވަނީ ވ. ތިނަދޫ ލަކީ/ އަދުހަމް އަހްމަދު (25އ)، އާއި، މއ. ފޭރުގެ/ މުޖާޒް އަހުމަދު (21އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ/ ތަހުމީން އަހްމަދު (32އ)، ގެ އިތުރުން ލ. ގަން ދުންފިނިއުފާ/ އަހްމަދު ފާތިހް (23އ) އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މުޖާޒް އަހްމަދު އާއި، ތަހުމީން އަހްމަދު އާއި އަދުހަމް އަހްމަދު ރަޝީދުގެ ބަންދަށް މި މަހުގެ 22 ވަނަ ދުވަހު އިތުރު 30 ދުވަސް ދީފައިވާ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު އަހްމަދު ފާތިހު ގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި މި މަހުގެ 11 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ނ. މަނަދޫ/ ނޫރީގެ، އަލީ ހައިޝަމް (27އ) ގެ ބަންދަށް މި މަހުގެ 27 ވަނަ ދުވަހު 15 ދުވަސް ދީފައިވާ ކަމަށެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ސަބަބުން ގިނަ ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކުރައްވާފައެވެ. އަދި މިހާރު ރައީސް ނަޝީދު ދަނީ ލިބިފައިވާ ޒަހަމްތަކަށް ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.