އއ. ރަސްދޫ

ރަސްދޫގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ހުކުރު 26 ޖުލައި 2024 | އަހުމަދު ދާއޫދު

އއ. ރަސްދޫގައި ރަޖިސްޓްރީނުކޮށް ހިންގާ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

Advertisement


ފުލުހުން މިރޭ ދިން މަޢުލޫމާތުގައިވާ ގޮތުން، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް، ރަސްދޫގެ ސާހިލްގޭގައި "ބްލޫ ވެލި ސެލޫން އެންޑް ސްޕާ" ގެ ނަމުގައި ހިންގަމުން އަންނަ ތަނެއްގައި ބިދޭސީ އަންހެނުން ބޭނުންކޮށްގެން ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ދަންވަރު 12 ޖަހަން ކައިރިވެފައި ވަނިކޮށް ރިޕޯޓްކުރެވުނެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ސްޕާ ބަލައި ފާސްކުރުމަށްފަހު، ހަށިވިއްކާ ކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީ އަންހެނަކާއި 27 އަހަރުގެ ބިދޭސީ އަންހެނެއް އަދި 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، މި ފަރާތްތަކަކީ ކޮން ގައުމެއްގެ ބައެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި މި މައްސަލަ މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.