އިރާނުން ވަނީ އިސްރާޢީލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައި

އެންމެފަހުން އީރާނުން އިސްރާއިލަށް ހަމަލާދޭން ފަށައިފި

އާދީއްތަ 14 އޭޕްރީލް 2024 | އަހުމަދު ދާއޫދު

އީރާނުގެ ފަސް ޑިޕްލޮމެޓުންނާއި އަސްކަރީ ދެ ކޮމާންޑަރުން އަވަހާރަކޮށްލި ޓެރަރިސްޓް ހަމަލާއަށް ބަދަލުހިފާނެ ކަމަށް އިރާނުން ބުނަމުން ގޮސް, އެންމެފަހުން ގިނަ އަދަދެއްގެ ޑްރޯން ތަކެއް ބޭނުންކޮށް އިސްރާއީލަށް ހަމަލާދީފިއެވެ.

Advertisement


އިރާނުން އިސްރާއީލަށް އަމާޒުކޮށް 200 އަށް ވުރެ ގިނަ މިސައިލްއާއި ޑްރޯން ފޮނުވާލާފައިވާ ކަމަށް އިސްރާއީލުގެ ޑިފެންސް ފޯސްއިން ބުނެފި އެވެ.

ޔަހޫދީ އައިޑީއެފްއިން ބުނީ އިރާނުން ހުއްޓުމެއްނެތި ފޮނުވި މިސައިލްތަކާއި ޑޮރޯންތައް ހުއްޓުވުމަށް މުޅި އަސްކަރިއްޔާ ހުއްޓުމެއް ނެތި މަސައްކަތް ކުރަމްދާ ކަމަށެވެ. އެގޮތުން އިރާނުން 200 އަށް ވުރެ ގިނަ ހަމަލާ ފޮނުވާލާފައިވާކަމަށް ވަނީ އިސްރާއީލުން ކަށަވަރުކޮށްދީފައި އެވެ.

މި އީ މިފަހުން އިސްރާއީލަށް ދިން އެންމެ ބޮޑު އެއް ހަމަލާއަށް ވާނެ އެވެ.

މި ހަމަލާއާއި ގުޅިގެން އިސްރާއިލުން އަމަލުކުރާނެ ގޮތެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވާއިރު ބައެއް ރިޕޯޓުތައް ބުނާގޮތުގައި ހަމަލާގެ ބަދަލު ނަގަން ޔަހޫދީންގެ ނުބައި ނުލަފާ ބޮޑުވަޒީރު ނަތަންޔާހޫ ދަނީ މަޝްވަރާތައް ކުރަމުންނެވެ.

އީރާނުގެ އަސްކަރިއްޔާގެ ގޮފި, އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ ވަކި ތަންތަނަށް އެތައް ޑްރޯންއަކާއި މިސައިލަކުން ހަމަލާދީފައިވާ ކަމަށެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނީ މި ހަމަލާ ދީފައިވަނީ ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީގެ ކޮންސިއުލާ ސެކްޝަނަށް ދިން ހަމަލާގެ އިތުރުން ނުބައި ޒަޔަނިސްޓް ސަރުކާރުގެ ގިނަ ޖަރީމާތަކަކާއި ގުޅިގެން ކަމަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.