ރަޝިޔާއިން ޔޫކުރޭނަށްދޭ ހަމަލާތައް ދަނީ ވަރުގަދަވަމުން / ފޮޓޯ:އޭއެފްޕީ

ރަޝިޔާއިން ޔޫކުރޭނަށް ދޭ ޑުރޯން ހަމަލާތައް ވަރުގަދަކޮށްފި

އާދީއްތަ 05 މެއި 2024 | އަހުމަދު ދާއޫދު

މީގެ ދެއަހަރުކުރިން ރަޝިޔާއިން ޔޫކުރޭނާއި ދެކޮޅަށް ފެށި ހަނގުރާމައިގައި ރަޝިޔާއިން ޔޫކުރޭނަށް ދޭ ޑްރޯން ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފިއެވެ.

Advertisement


އެގޮތުން އިއްޔެ ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ހަރްކިވާއި ދްނީޕްރޯ ސަރަޙައްދަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ޙަމަލާތަކުގައި ހަ މީހުން ޒަޚަމުވެފައިވެއެވެ.

ރަޝިޔާގެ މި ހަމަލާ އާއި ގުޅިގެން ޔޫކްރެއިނުން ބުނީ ޙަމަލާތަކުގައި ރަޝިޔާއިން ބޭނުން ކޮށްފައި ވަނީ އީރާނުން ފޯރުކޮށްދީފައިވާ ޝާހިދް މަރުކާގެ ޑްރޯން ކަމުގައެވެ. މި ގޮތުން ޔޫކްރެއިންގެ އިރުއުތުރުގައިވާ ސަރަޙައްދުތަކަށް ޙަމަލާ ދޭން ރަޝިޔާއިން 13 ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައި ޔޫކްރެއިނުން ބުންޏެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ އެ ހުރިހާ ޑްރޯނެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.

މި ޙަމަލާތަކުގައި ހަ މީހުން ޒަޚަމުވެފައި ވަނީ ދިފާޢު ކޮށްފައިވާ ޑްރޯންތަކުގެ ބައިތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވެއްޓުމާ ގުޅިގެންނެވެ. ހަ މީހުން ވެސް ޒަޚަމުވެފައި ވަނީ ހަރްކިވުންނެވެ. އެ ސަރަޙައްދުގެ ގަވަރުނަރު އޮލެހް ސިނެހުބޮވް ވިދާޅުވީ އެއް ޑްރޯންގެ ބައިތައް ވެއްޓި އޮފީސް ޢިމާރާތެއްގައި އަލިފާން ރޯވި ކަމުގައެވެ.

ރަޝިޔާ އިސްތިޢުމާރީ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ސަރަޙައްދު، ލުހާންސްކާއި، ދޮންޏެސްކު ހިމެނެއެވެ. އަދި ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.