އީރާނުގެ ރައީސް، އިބްރާހިމް ރައިސީ

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އިރާނުގެ ރައީސް އަވަހާރަވެއްޖެ

ހޯމަ 20 މެއި 2024 | އަހުމަދު ދާއޫދު

އީރާނުގެ ރައީސް، އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކަޕްޓަރު ވެއްޓުނު ހާދިސާގައި އެމަނިކުފާނާއި، އެ ޤައުމުގެ އިތުރު ބައެއް އޮފިޝަލުން އަވަހާރަވެފައިވާކަން އެ ޤައުމުން އިއުލާންކޮށްފިއެވެ.

Advertisement


ރައީސީ އަވަހާރަވެފައިވަނީ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައެވެ. އެ ހެލިކޮޕްޓަރު ދަތުރު ކުރީ ވަރަށް ބޮޑަށް މޫސުން ގޯސް، ބޯ ދުންފުނީގެ އަސަރު ވެސް ކުރަމުން ދިޔަ ފަރުބަދަތަކެއްގެ ކައިރިން ކަމަށްވެއެވެ. .

ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން 15 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވިއެވެ. އަދި ރެޑް ކްރެސެންޓުގެ ރެސްކިއު ޓީމުތަކަށް އެ ސަރަހައްދަށް ދެވުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އިރާންގެ ރެޑް ކްރެސެންޓު ޓީމުތަކުން އެ ސަރަހައްދަށް ދިޔައިރު، ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރުގެ ބޮޑު ބައި ވަނީ އަނދައި އަޅިއަށް ވެފައެވެ.

އަދި ހެލިކޮޕްޓަރުން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތްވެފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތެވެ. އަދި އިރާންގެ ރައީސް، ރައީސީ އަވަހާރަވި ކަން މިހާރު ރަސްމީކޮށް އެ ގައުމުން ވަނީ އިއުލާންކޮށްފައެވެ. އޭނާގެ އިތުރުން ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅުން ވެސް އަވަހާރަވެފައިވާ ކަން ވަނީ އިއުލާންކޮށްފައެވެ. ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ޕައިލެޓާއި ކްރޫން ވެސް ސަލާމަތްވެފައެއް ނުވެއެވެ.

އިރާނުގެ ޤާނޫނުއަސާސީ ބުނާގޮތުން ރައިސީ އަވަހާރަވުމާއި ގުޅިގެން، އޭނާގެ ޒިންމާތަކާއި ވަގުތީ ގޮތުން ހަވާލުވެވަޑައި ގަންނަވާނީ ނައިބު ރައީސް މުހައްމަދު މޮޚްބެރް އެވެ. އަދި 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަންޖެހެއެވެ.

އިރާނުގެ ރައީސް އަވަހާރަވިކަން އިއުލާނު ކުރުމާއި ގުޅިގެން ދުނިޔޭގެ ގިނަ ލީޑަރުން ގެންދަވަނީ އެކަމާއި ހިތާމަފާޅު ކުރައްވަމުންނެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.