ރޭގެ މެޗުގައި ސްޕެއިން ޓީމުން ތަފާތު ދެއްކި ދެ ކުޅުންތެރިން

ސްޕެއިނުން ތަފާތު ދައްކާ ގަދަ 8 އަށް

ހޯމަ 01 ޖުލައި 2024 | އަހުމަދު ދާއޫދު

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސްޕއިނުން ގަދަ 16 ގައި ޖޯޖިޔާ އާއި އެކު ކުޅުނު މެޗު ތަފާތު މޮޅު ކުޅުމަކާއި އެކު ފަސޭހަކަމާއި އެކު ޖޯޖިޔާ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން (ގަދަ 8) ޖާގަ ހޯދައިފިއެވެ.

Advertisement


މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޖޯޖިޔާއިންނެވެ. މިއީ ޖޯޖިޔާއިން ސްޕެއިން ހާފުތެރެއަށް ނަގައިދިން ފުރަތަމަ ބޯޅަ ސްޕެއިން ޑިފެންޑަރު ލެ ނޯމަންޑް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ މި ޔޫރޯގައި ސްޕެއިން ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

ޖޯޖިއާއިން ކައުންޓާ އެޓޭކުތަކުގައި މޮޅަށް ކުޅެމުންދަނިކޮށް ސްޕެއިނުން ނަތީޖާ ހަމަހަމަކުރީ 38 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ މިޑްފީލްޑަރު ރޮޑްރީއެވެ. މިއީ އޭރިއާ ތެރެއިން ނިކޯ ވިލިއަމް ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް އައި ވަގުތު ރޮޑްރީ ޖެހި ލަނޑެކެވެ.

ސްޕެއިނުން ލީޑު ނެގީ މެޗުގެ 50 ވަނަ މިނެޓުގައި ފަބިއަން ރުއިޒް ކާމިޔާބުކުރި ލަނޑުންނެވެ. ޑީއޭރިޔާ ތެރެއިން ލިބުނު ހިލޭޖެހުން އުމުރުން 16 އަހަރުގެ ޔަމާލް ފޮނުވާލުމުން ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި ނަމަވެސް އެ ބޯޅައިން ތަނަވަސްކުރި ފުރުސަތެއްގައި ފަބިއަން ރުއިޒް ލަނޑު ޖެހީ ވެސް ޔަމާލް ގޯލް އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

ސްޕެއިންގެ ތިންވަނަ ލަނޑު ޖެހީ 75 ވަނަ މިނެޓުގައި ނިކޯ ވިލިއަމްސްއެވެ. އޭނާ ލަނޑު ޖެހީ އަރިމަތިން ބޯޅައާއި އެކު ކުރިއަށް އަރާ އޭރިޔާ ތެރެއަށް ވަދެ މަތިން ގޯލްގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ. ހަތަރުވަނަ ލަނޑަކީ ބަދަލަކަށް ކުޅެން އެރި އޮލްމޯ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 80 ވަނަ މިނެޓުގައި ޑީއޭރިޔާ ތެރޭގައި ހުރެ ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލްގެ ކަނަށެވެ.

މުބާރާތުގެ ގަދަ 8 ގައި ސްޕެއިނުން ވާދަކުރަން ޖެހޭނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ވަރުގަދަ ޖަރުމަނާއެވެ



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.