ދީނީ ހަރަކާތްތަކުގައި އިންޑިއާއިން ވަަރަށް ގިނައިން މީހުން މަރުވެއެވެ.

ހިންދޫ ދީނީ ހަރަކާތެއްގައި 120 މީހުން މަރުވެއްޖެ

ބުދަ 03 ޖުލައި 2024 | އަހުމަދު ދާއޫދު

އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ހަތްރަސް ޑިސްޓްރިކްޓްގައި އިއްޔެ ބޭއްވުނު ހިންދޫންގެ ދީނީ އިވެންޓެއްގައި ހިނގި ހާދިސާއެއްގައި މަދުވެގެން 120 މީހުން މަރުވެއްޖެކަމަށް އެ ގައުމުގެ އިސް ފަރާތްތަކުން މަޢުލޫމާތު ދީފިއެވެ.

Advertisement


މި ހާދިސާ ހިނގީ އިވެންޓް ނިމުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ނުކުތުމުގެ ސަބަބުން ތޮއްޖެހި، ފިތިގެން ކަމަށް އޮފިޝަލަކު މަޢުލޫމާތު ދީފައިވެއެވެ. މި އިވެންޓަކީ އިިވެންޓު އިންތިޒާމު ކުރެވިފައިވަ ގޮތުން ލައްކައިން މީހުން ބައިވެރިވާ ބޮޑު އެއްވުމެއްކަން ފާހަގަކުރެވެއެވެ.

ނިއުސް އޭޖެންސީ އޭއެންއައި އިން ރެކޯޑުކޮށްފައިވާ ވީޑިއޯ ކްލިޕްތަކުގައި ޓްރަކްތަކާއި އެހެނިހެން އުޅަނދުތަކުގެ ފަހަތުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ބަހައްޓާފައިވާ މަންޒަރު ފެނެއެވެ.

އިންޑިއާގައި މިފަދަ ދީނީ އިވެންޓްތަކަކީ އާންމު ކަމެއް ނަމަވެސް، ބޮޑެތި އެއްވުންތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިންވެސް މިފަދަ އިވެންޓްތަކުގައި މިބާވަތުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލު އަދި ލިބިފައި ނުވާއިރު، އަދި މަރުވި މީހުންގެ ޢާއިލާތަކަށް ސަރުކާރުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ މަޢުލޫމާތެއްވެސް ލިބިފައެއް ނުވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.