މެޗަށްފަހު ކެޕްޓަން ކޭން ވަޓްކިންސް ގައިގަ ބައްދާލައިގެން: ފޮޓޯ-ޔުއެފާ

ފަހު މިނިޓްގައި ނެދަލެންޑްސް ބަލިކޮށް، ސްޕެއިންއާ ދެކޮޅަށް ފައިނަލްގައި އިންގްލެންޑް

ބުރާސްފަތި 11 ޖުލައި 2024 | ޒީރޯ

ފަހު މިނިޓްގައި ނެދަލެންޑްސް ބަލިކޮށް، ސްޕެއިންއާ ދެކޮޅަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ނިކުންނާނެ ޓީމަކަށް އިންގްލެންޑް ވެއްޖެ އެވެ. އިންގްލެންޑް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ނެދަލެންޑްސް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައި ވަނިކޮށް، ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށް، މެޗުގެ ފަހު މިނިޓްގައި އިތުރު ލަނޑެއް ޖަހައިގެންނެވެ.

Advertisement


އިންގްލެންޑް ފައިނަލަށް ގެންގޮސްދިން ލަނޑު 90 ވަނަ މިނިޓްގައި ޖެހީ 81 ވަނަ މިނިޓްގައި ކުޅެން ނިކުއިން ވަޓްކިންސް އެވެ. އޭނާ ކުޅެން ނިކުތީ ކެޕްޓަން ހެރީ ކޭންގެ ބަދަލުގައެވެ. ޒަވީ ސިމޯންސް 7 ވަނަ މިނިޓްގައި ނެދަލެންދްސް އަށް ކުރި ހޯދާދީފައި ވަނިކޮށް، ފުރަތަމަ ހާފްގައި އިންގްލެންދަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޭންއެވެ. އެއީ ކޭން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުންނެވެ. ސުވާލު އުފެދޭ އެޕަނަލްޓީ ރެފްރީ ދިނީ ދަނޑުގެ އަރިމަތީގައި ހުރި ޓީވީ މޮނިޓަރުން ތަކުރާރުކޮށް ބެލުމަށްފަހުއެވެ

މުބާރާތުގެ ފައިނަލްގައި އިނގިރޭސިން ވާދަކުރާނީ ސްޕެއިންއާއެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ 15 ވަނަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.