ޝަކީރާގެ ހުށަހެޅުމެއް: ކޮޕާ އެމެރިކާގެ ރަސްމީ ލަވަޔަކީ ވެސް އޭނާގެ ލަވައެއް

ޝަކީރާ ކޮޕާ އެމެރިކާގެ ފައިނަލް މެޗުގައި ހުށަހެޅުންތަކެއް ހުށަހަޅަނީ

ހުކުރު 12 ޖުލައި 2024 | އަހުމަދު ދާއޫދު

ކޮޕާ އެމެރިކާގެ ފައިނަލް މެޗުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ހުށަހެޅުންތަކެއް ހުށަހަޅާ ގޮތަށް ހަމަޖެހިއްޖެއެވެ. މި މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު ރާއްޖެ ގަޑިން ފަތިހު 5 ޖަހާއިރުއެވެ.

Advertisement


ޝަކީރާގެ މިއުޒިކީ ހުށަހެޅުންތައް ކުރިއަށްދާނީ މެޗުގެ ހާފް ޓައިމްގައެވެ. މިއީ ކޮޕާ އެމެރިކާގެ ތާރީޚުގައި ވެސް ފައިނަލް މެޗުގެ ހާފް ޓައިމްގައި މިއުޒިކީ ހުށަހެޅުމެއް ހުށަހަޅާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ އޮފިޝަލް ލަވައިގެ ގޮތުގައި ވެސް ކަނޑައަޅާފައިވަނީ ޝަކީރާގެ ލަވައެއް ކަމަށްވާ "ޕުންތެރިއާ" އެވެ. މިކަމުން ޝަކީރާގެ މި މުބާރާތާ ގުޅުން ބަދަހިވެފައިވާ މިންވަރު ފާހަގަކުރެވެއެވެ.

މި މުބާރާތުގެ ހުރިހާ މެޗުތަކެއް މީޑިއާނެޓުން ވަގުތުން ދައްކާއިރު، އައިސް ޓީވީގެ އިތުރުން އެމްއެސް ޑިޖިޓަލްއަށް ސަބްސްކްރައިބް ކޮށްގެން މޮބައިލް ޑިވައިސްތަކުން ވެސް މެޗުތައް ބެލޭނެއެވެ. މިކަމުން ގިނަ ބަޔަކަށް މި މުހިންމު މެޗާއި ޝަކީރާގެ ހުށަހެޅުންތައް ފަސޭހައިން ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.