އެމްބާޕޭ ރެއާލްގެ ރައީސްއާއެކު

ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ ތަޢާރަފްކޮށްފި

އަންގާރަ 16 ޖުލައި 2024 | އައުޓްރީޗް

ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ ތަޢާރަފްކޮށްފި އެވެ.

Advertisement


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ރެއާލް މެޑްރިޑުން ވަނީ އެމްބާޕޭގެ ސޮއި ޔަގީންވިކަން އިއުލާނު ކޮށްފައެވެ. ނަމަވެސް އެެކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތަޢާރަފްކުރީ މިއަދުއެވެ. ރެއާލްގެ ރައީސް ފިޔޮރެންޓީނާ ޕެރޭޒް ވަނީ އެމްބާޕޭ އަށް ކްލަބްގެ 9 ނަމްބަރު ޖަރޒީ ހަވާލުކޮށްފައެވެ. އެނަމްބަރުގައި އެންމެ ފަހުން ރެއާލްއަށް ކުޅުނު ތަރިއަކީ ފްރާންޒްގެ ބެންޒިމާ އެވެ. އެމްބާޕޭ ޕީއެސްޖީއާއި ގައުމީ ޓީމްގައިވެސް ބޭނުން ކުރި ނަމްބަރަކީ 10 އެވެ. ނަމަވެސް ރެއާލް މެޑްރިޑްގައި އެ ނަމްބަރު ބޭނުންކުރަނީ ކްލަބްގެ ލެޖެންޑް ލުކަ މޮޑްރިޗެވެ. މޮޑްރިޗަށް އިހުތިރާމް ކުރުމުގެ ގޮތުން 10 ނަމްބަރު ޖަރޒީ އަށް އެމްބާޕޭ ނޭދޭ ކަމަށް ރިޕޯރޓްތައް ބުނެއެވެ.


މިދިޔަ ސީޒަންގައިވެސް އެމްބާޕޭ ރެއާލްއަށް ބަދަލުވުމާ ގާތަށް ދިޔައެވެ. ނަމަވެސް ފަހުވަގުތު ނިންމުން ބަދަލުކޮށް އޭނާ ޕީއެސްޖީއާއެކު އިތުރު އެއް އަހަރުގެ އެއްބަސްވުމުގައި ސޮއިކުރީއެވެ. އޭނާގެ ހުވަފެނީ ކްލަބް ރެއާލް އަށް ބަދަލުވީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.